އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-

ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓުލުމަށް ރަށްރަށަށް ދަތުރުކުރާ ރައްޔިތުންނަށް ހުރަސްއެޅޭ ގޮތަށް، ފްލައިޓްތަކާއި ފެރީތަކުގެ ޖާގަ ސަރުކާރުން ކޮންޓްރޯލް ކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގެ އިތުރުން ރެފަރެންޑަމްގައި ވޯޓުލުމަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި، ވޯޓުލާން ދިއުމަށް ޓިކެޓް ހޯދަން ގުޅާ އާންމުންނަށް އެއާލައިންތަކުން ދެމުންދާ ޖަވާބަކީ ފްލައިޓްތައް އެއްކޮށް ފުރިފައިވާ ކަމުގެ މައުލޫމާތެވެ. ނަމަވެސް، މިއީ ސަރުކާރުން ރާވައިގެން ވަކި ބަޔަކަށް ފުރުސަތު ދިނުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ކޮމިޓީގެ ތެރެއިން އެޕްރޫވް ކުރާ ބަޔަކަށް ނޫނީ ފްލައިޓްތަކުން ޖާގަ ނުދޭ. މިއީ އެއްވެސް ދުވަސްވަރެއްގައި ވޯޓާ ދިމާކޮށް ކުރި ކަމެއް ނޫން. މިއީ ވަރަށް ބައިވަރު ފައިސާ. ފަހު ވަގުތު ދައުލަތުގެ އެކި އެކި މުއައްސަސާތައް މެދުވެރިކޮށް ވަރަށް ބައިވަރު ކަންތައްތަކެއް މި ކުރަނީ،" ނިޔާޒް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ގުޅުމުން ދަތުރުފަތުރުގެ އިންތިޒާމްތައް ވަގުތުން ހަމަޖެހެމުންދާއިރު، އާންމު ރައްޔިތުންނަށް އެ ފުރުސަތު ބަންދުވެފައި އޮތުމަކީ ހަމަހަމަކަމާއެކު ވޯޓުލުމުގެ ހައްގު ބޭނުންކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.

މި މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކި ކޮމިޓީއަކުން ހުއްދަ ލިބޭ ބަޔަކަށް ނޫނީ ދަތުރު ނުކުރެވޭ ގޮތަށް އޮތުމަކީ އިންސާފުވެރި އިންތިޚާބަކަށް އޮތް ގޮންޖެހުމެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓުލުމަށް ރަށްރަށަށް ދަތުރުކުރާ ރައްޔިތުންނަށް ހުރަސްއެޅޭ ގޮތަށް، ފްލައިޓްތަކާއި ފެރީތަކުގެ ޖާގަ ސަރުކާރުން ކޮންޓްރޯލް ކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގެ އިތުރުން ރެފަރެންޑަމްގައި ވޯޓުލުމަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި، ވޯޓުލާން ދިއުމަށް ޓިކެޓް ހޯދަން ގުޅާ އާންމުންނަށް އެއާލައިންތަކުން ދެމުންދާ ޖަވާބަކީ ފްލައިޓްތައް އެއްކޮށް ފުރިފައިވާ ކަމުގެ މައުލޫމާތެވެ. ނަމަވެސް، މިއީ ސަރުކާރުން ރާވައިގެން ވަކި ބަޔަކަށް ފުރުސަތު ދިނުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ކޮމިޓީގެ ތެރެއިން އެޕްރޫވް ކުރާ ބަޔަކަށް ނޫނީ ފްލައިޓްތަކުން ޖާގަ ނުދޭ. މިއީ އެއްވެސް ދުވަސްވަރެއްގައި ވޯޓާ ދިމާކޮށް ކުރި ކަމެއް ނޫން. މިއީ ވަރަށް ބައިވަރު ފައިސާ. ފަހު ވަގުތު ދައުލަތުގެ އެކި އެކި މުއައްސަސާތައް މެދުވެރިކޮށް ވަރަށް ބައިވަރު ކަންތައްތަކެއް މި ކުރަނީ،" ނިޔާޒް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ގުޅުމުން ދަތުރުފަތުރުގެ އިންތިޒާމްތައް ވަގުތުން ހަމަޖެހެމުންދާއިރު، އާންމު ރައްޔިތުންނަށް އެ ފުރުސަތު ބަންދުވެފައި އޮތުމަކީ ހަމަހަމަކަމާއެކު ވޯޓުލުމުގެ ހައްގު ބޭނުންކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.

އެމްޑީޕީން މިފަދަ ތުހުމަތުތަކެއް ކޮށްފައި ވާއިރު، ވަކި ކޮމިޓީއަކުން ހުއްދަ ލިބޭ ބަޔަކަށް ނޫނީ ދަތުރު ނުކުރެވޭ ގޮތަށް އޮތުމަކީ އިންސާފުވެރި އިންތިޚާބަކަށް އޮތް ގޮންޖެހުމެއް ކަމަށް ބުނެ ގިނަ ފަރާތްތަކުން ދަނީ ކަމްބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު