ތެލުގޫ ސިނަމާގެ މަޝްހޫރު ތަރި ރާމް ޗަރަންގެ ކުރިއަށް އޮތް ފިލްމު "ޕެޑީ" ރިލީޒްކުރުން ފަސްކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ރަސްމީކޮށް ރައްދު ދީފިއެވެ.
ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިއާގައި މި ފިލްމު އަނެއްކާވެސް ފަސްކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، ރާމް ޗަރަން ބުނީ ފިލްމު ތާވަލާ އެއްގޮތަށް ރިލީޒް ކުރާނެ ކަމަށެވެ.
ރާމް ޗަރަން މިކަން ހާމަކުރީ ދާދި ފަހުން ބޭއްވި "ރާކާސާ" ފިލްމުގެ ޕްރޮމޯ އިވެންޓެއްގެ ތެރެއިންނެވެ. އެ އިވެންޓުގައި ވާހަކަ ދައްކަމުން ރާމް ޗަރަން ވަނީ "ޕެޑީ" ލަސްނުވާނެ ކަމަށާއި، ފިލްމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމުގެ ޔަގީންކަން ދީފައެވެ.
ބުޗީ ބާބޫ ސަނާ ޑައިރެކްޓްކުރާ މި ފިލްމުގެ މުހިންމު ބައިތަކެއް އަދިވެސް ޝޫޓްކޮށް ނުނިމޭތީ، އަންނަ އަހަރުގެ އޭޕްރީލް 30 ގައި ފިލްމު ރިލީޒްކުރުމަކީ އުނދަގޫ ކަމެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މި ފިލްމު ރިލީޒްކުރާ ތާރީޚަށް ބަދަލު ގެ
ނެސްފައިވެއެވެ. އެންމެ ފުރަތަމަ މި އަހަރު މާރޗް 27 އަށް ތާވަލުކުރި ނަމަވެސް، ފަހުން ވަނީ އޭޕްރީލް 30 އަށް ބަދަލުކޮށްފައެވެ.
ފިލްމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އެކްޝަން މަންޒަރެއް ކުޅެމުން ދަނިކޮށް ރާމް ޗަރަންގެ ލޮލުގެ މަތިން ކުޑަކޮށް ޒަޚަމްވެ، ހަތަރު ފަހަރު ފަހަން ޖެހުނު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެއީ ކުޑަ އަނިޔާއެއް ކަމަށާއި، މިހާރު އޭނާ އަނބުރާ މަސައްކަތަށް ނުކުމެފައިވާ ކަމަށް އޭނާގެ ޓީމުން ކަށަވަރުކޮށްދެއެވެ.
ފިލްމު ރިލީޒްކުރާ ތާރީޚާ ބެހޭގޮތުން އުފެދުނު އޮޅުންބޮލުންތަކާ ގުޅޭގޮތުން ޕްރޮޑިއުސަރު އެސް.ކޭ.އެން ބުނީ، އިވެންޓެއްގެ ތެރެއިން މީހުން ސުވާލުކުރަމުން ދިޔަ ވަގުތު، ފިލްމު ޖޫން މަހަށް ފަސްވި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށެވެ. އަދި އެއީ ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޓްވީޓްތަކެއްގެ ސަބަބުން އެރި އޮޅުމެއް ކަމަށް އޭނާ ސާފުކޮށްދިނެވެ.
"ޕެޑީ" އަކީ ރަށްފުށުގެ މާހައުލެއްގައި ކުރިއަށްދާ ކްރިކެޓް މުބާރާތެއްގެ މައްޗަށް ބިނާކޮށް އުފައްދާ، އެކްޝަނާއި ޑްރާމާ އެކުލެވޭ ފިލްމެކެވެ. މި ފިލްމުގައި ރާމް ޗަރަންގެ އިތުރުން ޖާންވީ ކަޕޫރު، ބޯމަން އިރާނީ، ޝިވާ ރާޖްކުމާރު އަދި ޖަގަޕަތީ ބާބޫ ފަދަ ތަރިން ފެނިގެންދާނެއެވެ. އޭ.އާރް ރަހުމާން މިއުޒިކް ތައްޔާރުކޮށްދޭ މި ފިލްމުގައި ރާމް ޗަރަން ފެނިގެންދާނީ ވަރަށް ވަރުގަދަ ހަށިގަނޑެއްލީ ރަގަޑް ސިފައެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު