އިންޑިއާގެ ޓީވީ ޑްރާމާތަކުގައި ފާހަގަކޮށްލެވޭ ފިލްމީ ތަރި އިންދިރާ ކްރިޝްނަން، ގިނަ ދުވަސްތަކަކަށްފަހު ބޮޑު ސްކްރީނަށް އެނބުރި އައުމަށް ތައްޔާރުވެއްޖެއެވެ.
މިފަހަރު އޭނާ ފެނިގެންދާނީ މިއަހަރު އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ "ރާމާޔަން: ޕާޓް 1" އިންނެވެ.
އިންދިރާގެ ފަންނީ ދަތުރު ފެށުނީ 1995 ވަނަ އަހަރު އޮޑިއާ ފިލްމު "ސުނާ ޕަންޖޫރީ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ އަރުޝަދު ވަރްސީއާއެކު "ތްރިޝަކްތީ" އަދި މިތުން ޗަކްރަބޯޓީއާއެކު "އާޖް ކާ ރާވަން" ފަދަ ފިލްމުތަކުން ފެނިފައެވެ. ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސަލްމާން ޚާންގެ ފިލްމު "ތޭރޭ ނާމް" ގައި ބޫމިކާ ޗައުލާގެ ދައްތަގެ ރޯލުންވެސް އޭނާ ފެނިގެން ގޮސްފައިވެއެވެ. މީގެ އިތުރުން އަކްޝޭ ކުމާރުގެ "ހޮލިޑޭ" ގައިވެސް އޭނާ މަސައްކަތް ކޮށްފައިވެއެވެ.
ޓީވީ ދާއިރާގައި އިންދިރާއަކީ ވަރަށް ނުފޫޒުގަދަ ތަރިއެކެވެ. "ކަހާނީ ގަރް ގަރް ކީ" އާއި "ސާރާ އާކާޝް" ފަދަ މަޝްހޫރު ޑްރާމާތަކުގެ އިތުރުން، 2010 ވަނަ އަހަރު ސޮނީ ޓީވީން ދެއްކި "ކްރިޝްނަބެން ޚަކްރާވާލާ" އަކީ އޭނާގެ ކެރިއަރުގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ސިލްސިލާއެވެ.
އިންދިރާ އެނބުރި ބޮޑު ސްކްރީނަށް އައުމުގެ ފުރުސަތު ފަހިވީ 2023 ވަނަ އަހަރު ނެރުނު "އެނިމަލް" ފިލްމުންނެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ރަޝްމިކާ މަންދަނާގެ މަންމަގެ ރޯލެވެ. އިންދިރާ ކިޔައިދިން ގޮތުގައި، "އެނިމަލް" ގެ ޝޫޓިން ތެރޭގައި އޭނާ ވަނީ ކޮންމެވެސް ދުވަހަކުން ރަންބީރު ކަޕޫރުގެ މަންމަގެ ރޯލު ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ. އޭގެ ދެ އަހަރު ފަހުން، ނިތޭޝް ތިވާރީގެ "ރާމާޔަން" އަށް އޭނާ ހޮވުނީ ހަމަ އެ ރޯލަށެވެ.
މި ފިލްމުގައި އިންދިރާ ފެނިގެންދާނީ ރާމް (ރަންބީރު ކަޕޫރު) ގެ މަންމަ ކޯޝަލްޔާގެ ރޯލުންނެވެ. މި ފިލްމުގައި ރަންބީރުގެ އިތުރުން ސައި ޕައްލަވީ (ސީތާ)، ޔަޝް (ރާވަން) އަދި ސަނީ ޑިއޯލް (ހަނޫމާން) ފެނިގެންދާނެއެވެ.
ބޮޑު ބަޖެޓަކުން ތައްޔާރުކުރާ މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ މިއަހަރުގެ ދީވާލީ ބަންދާ ދިމާކޮށެވެ. އިންދިރާ ބުނި ގޮތުގައި، ދެ އަހަރު ކުރިން އޭނާ ކުރި އުންމީދު ހަގީގަތަކަށް އޭނާ ބުނދޭން ނެނގޭ އުފާވެރިކަމުގެ އިހުސާސް ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު