މި ލިޔުމަކީ ގުޅުންތަކާ ބެހޭ މާހިރުންގެ ނަޒަރުގައި، ބައިވެރިޔާގެ ކިބައިގައި ކުރިއަށްދިއުމުގެ ރޫހު ނުވަތަ "އެމްބިޝަން" މަދުކަން އަންގައިދޭ، ފާހަގަކުރަން އުނދަގޫ ހަ ނިޝާނެއްގެ މައްޗަށް އެކުލެވިގެންވާ ލިޔުމެކެވެ. މީގައި ބަލާފައިވަނީ ވަޒީފާއާ ގުޅުމެއް ނެތް ކަންކަމަށެވެ.
ޒަވާޖީ ހަޔާތެއް ފަށާއިރު ބައިވެރިޔާގެ ފަރާތުން ގިނަ ބަޔަކު އެންމެ ބޮޑަށް ބަލާ އެއް ސިފައަކީ ބައިވެރިޔާގެ ކިބައިގައި ހުރި "އެމްބިޝަން" ނުވަތަ ކުރިއަށްދިއުމުގެ ރޫހެވެ. ގިނަ ފަހަރަށް މި ލަފުޒުން އަހަރެމެންނަށް ސިފަވަނީ އެހެން ގޮތަކަށް ދަންނަވާނަމަ ދިރިއުޅުމާއިގެން ކުރިއަށް ދިޔުމުގެ ޝައުގުވެރިކަން ހުރެ، ހަޔާތެއް ފަށުމުގެ ކުރިން އެކަމަށް ދުރާލާ ތައްޔާރުވެފައިވާ މީހުންނެވެ. މިފަދަ މީހަކީ ދުރާލާ ރަނގަޅު ވަޒީފާއެއްގައި އުޅެ، ފަހަށް ފައިސާ ރައްކާކުރާ، ވަޒީފާގެ ކުރިއެރުންތައް ގިނަ، އެކަށީގެން މުސާރައެއް ލިބޭ މީހެކެވެ.
ނަމަވެސް، ގުޅުންތަކާ ބެހޭ މާހިރުން އިންޒާރުދޭ ގޮތުގައި، މި ސިފަތަކަކީ ހަމައެކަނި ބޭރުފުށުގެ ކަންކަމެވެ. "އަހަރެމެންނަށް އެމްބިޝަން މާނަކުރެވެނީ އެމީހަކީ ގިނަ ފައިސާ ހޯދާ މީހެއްތޯ ބެލުމުގެ ގޮތުން،" ގުޅުންތަކާ ބެހޭ ތެރަޕިސްޓް ކީޝާ ސޯންޑާސް-ވޯލްޑްރަން ބުނެއެވެ. "އެކަމަކު ހަގީގީ އެމްބިޝަނަކީ އެމީހަކީ އަމިއްލަ ނަފްސު އިސްލާހުކޮށް، މަގުސަދެއް އޮވެގެން ދިރިއުޅޭ މީހެއްތޯ ނުވަތަ އެއްވެސް މިސްރާބެއް ނެތި ދިރިއުޅުމުގެ އޮއިވަރުގައި ބެހިގެންދާ މީހެއްތޯ ބެލުމެވެ."
ސޯންޑާސް-ވޯލްޑްރަން ފާހަގަކުރާ ގޮތުގައި، ބޭރުފުށުން ކާމިޔާބު ކަމަށް ދެއްކުނަސް، ގޭތެރޭގެ ދިރިއުޅުމުގައާއި އަމިއްލަ ނަފްސު ތަރައްގީކުރުމުގައި ފަސްޖެހޭ މީހުންނަކީ ހަގީގީ އެމްބިޝަނެއް ނެތް މީހުންނެވެ. އޭގެ ބަދަލުގައި، ވަޒީފާގެ ސިޑިން މައްޗަށް ނޭރިޔަސް، ދަރިން ބެލުމުގައާއި، އާ ހުނަރުތައް ދަސްކުރުމުގައި ހީވާގި މީހުންނަކީ މާ ބޮޑު އަޒުމެއް ހުރި ބައެކެވެ.
ބައިވެރިޔާގެ ކިބައިގައި މިފަދަ އަޒުމެއް ނެތްކަން އަންގައިދޭ ބައެއް ރެޑް ފްލެގް ނުވަތަ ނުރައްކަލުގެ ނިޝާންތަކަކީ:
1. އަމިއްލަ ނަފްސު އިސްލާހުކުރުމަށް ޝައުގުވެރިކަން ނެތުން
އެމްބިޝަނަކީ ހަމައެކަނި ހާސިލުކުރާ ކަންތައްތަކެއް ނޫނެވެ؛ އެއީ ކުރިއެރުމެވެ. އަމިއްލަ ނަފްސު ރަނގަޅުކުރުމަށް މަސައްކަތްކުރާ މީހަކީ، ވަޒީފާގައި ކިތަންމެ މަތީގައި ހުއްޓަސް އަމިއްލަ ނަފްސަށް އެއްވެސް ބަދަލެއް ނުގެންނަ މީހަކަށްވުރެ މާ ރަނގަޅު ބައިވެރިއެކެވެ.
2. ބަދަލުވާނެ ކަމަށް ބުނުން، ނަމަވެސް އަމަލުން ނުދެއްކުން
ވަޒީފާ ބަދަލުކުރުމަށް ނުވަތަ ސިއްހަތު ރަނގަޅުކުރުމަށް ވާހަކަ ދެއްކުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެކަން ކުރުމަށް އަމަލީ ފިޔަވަޅެއް ނާޅާނަމަ، އެއީ އަޒުމެއް ނެތްކަމުގެ ހެއްކެކެވެ. ކަންކަން އަމިއްލައަށް ވާނެ ކަމަށް ބަލައިގެން ތިބުމަކީ މިފަދަ މީހުންގެ އާދައެކެވެ.
3. ފާޑުކިޔުން ބަލައިނުގަނެވުން ނުވަތަ އަމިއްލަ ކުށް ގަބޫލުނުކުރުން
ކުރިމަތިވާ ކޮންމެ ނާކާމިޔާބީއެއްގެ އިލްޒާމް އެހެން މީހުންގެ ބޮލުގައި އެޅުވުމަކީ ކުރިއަށްދާން ބޭނުންވާ މީހެއްގެ ސިފައެއް ނޫނެވެ. ކުރިއަށްދާން ބޭނުންވާ މީހުން ނާކާމިޔާބީއާ ކުރިމަތިލާއިރު "އަހަންނަށް މިކަމުން ދަސްވީ ކޮން އެއްޗެއް؟" ނުވަތަ "ދެން ފަހަރަކު ތަފާތުކޮށް ކުރެވޭނީ ކޮން ކަމެއް؟" މި ސުވާލު އަމިއްލަ ނަފްސާ ކުރާނެއެވެ.
4. އައު ކަންކަން ދަސްކުރުމުގެ ޝައުގުވެރިކަން ނެތުން
އައު މައުލޫމާތު ހޯދުމާއި، ތަފާތު ޚިޔާލުތަކަށް ފުރުސަތު ދިނުމަކީ ބައެއް މީހުން ފަސްޖެހޭ ކަމެކެވެ. އަމިއްލަ ގަބޫލުކުރުންތަކާ މެދު ސުވާލު އުފައްދަން ބޭނުންނުވުމާއި ފިކުރީ ގޮތުން އެއް ތަނެއްގައި މަޑުޖެހިފައި ހުރުމަކީ ބޮޑު ރެޑް ފްލެގްއެކެވެ.
5. އެހެން މީހުންގެ ކުރިއެރުމަށް ހަސަދަވެރިވުން
އެހެން މީހަކަށް ލިބޭ ކާމިޔާބީއެއްގެ ވާހަކަ ބުނުމުން، އެކަން ކުޑަކޮށްލައި، ނުވަތަ އެއީ ހަމައެކަނި ނަސީބު ކަމަށް ބުނުމަކީ ބައިވެރިޔާގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަކަން އަންގައިދޭ ކަމެކެވެ. އެމީހުން އެހެން މީހުންގެ ކުރިއެރުމަށް ހުރަސްއަޅަނީ، އެއީ އެމީހުންނަށް ނުކުރެވޭ ކަންކަން ހަނދާންކޮށްދޭ ކަމަކަށްވާތީއެވެ.
6. އުނދަގޫ ހާލަތްތަކުން ރެކިގަތުން
ކުރިއެރުމަކީ އޭގެ ޒާތުގައި އުނދަގޫ ކަމެކެވެ. ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން ނުވަތަ ކަމެއް އުނދަގޫވާން ފެށުމުން އެކަމެއް ދޫކޮށްލުމަކީ އަޒުމެއް ނެތްކަމުގެ ނިޝާނެކެވެ. އެފަދަ މީހުން ބޭނުންވަނީ އެއްވެސް ގޮންޖެހުމެއް ނެތް، އަބަދުވެސް ފަސޭހަ ދިރިއުޅުމެކެވެ. މީގެ ނަތީޖާއަކީ ދިރިއުޅުން އެއް ތަނެއްގައި މަޑުޖެހުމެވެ.
އަހަރެމެންގެ މުޖުތަމައުގައި އެމްބިޝަން މާނަކުރަނީ ފައިސާއާއި މަގާމުން ކަމަށް ވިޔަސް، ހަގީގީ "ގްރީން ފްލެގް" އަކީ ބައިވެރިޔާ ދިރިއުޅުމާ ކުރިމަތިލާ ގޮތެވެ. އެމީހަކީ ބުނާ ބަހާ އަމަލާ ދިމާވާ، ފާޑުކިޔުންތަކުން ފިލާވަޅު ލިބިގަންނަ، އަދި ތިބާއާއެކު އުފާވެރި މުސްތަގުބަލެއް ބިނާކުރުމުގެ ގާބިލުކަން ހުރި މީހެއްތޯ ބެލުން މާ މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު