ނޭޓޯއިން އެމެރިކާ ވަކިކުރާނެކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކާ ގުޅިގެން، އެ އިއްތިހާދުގެ މެންބަރު ގައުމުތަކުން އެކަމަށް ރައްދުދީ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ފިންލޭންޑްގެ ރައީސް އެލެގްޒެންޑަރ ސްޓަބް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޭޓޯއާ ގުޅޭގޮތުން ޓްރަމްޕާއެކު "ބިނާކުރަނިވި މަޝްވަރާތަކެއް" ކުރެވިފައިވާ ކަމަށާއި، ދިމާވާ މައްސަލަތަކަކީ އަމަލީ ގޮތުން ހައްލުކުރެވޭނެ ކަންކަން ކަމަށެވެ.
އެސްޓޯނިއާގެ ފޮރިން މިނިސްޓަރު މާގަސް ސަކްނާ ވިދާޅުވީ، ނޭޓޯއިން އެމެރިކާ ވަކިކުރުމުގެ އެއްވެސް އިންޒާރަކީ އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ. އަދި ލިތުއޭނިއާގެ ޑިފެންސް މިނިސްޓަރު ރޮބާޓަސް ކައުނަސް އެންބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާއާއެކު އޮތް ބައިވެރިވުމަކީ އަބަދުވެސް އެ ގައުމުގެ އިސްތިރާތީޖީ އިސްކަމެއް ކަމަށެވެ.
ޕޮލެންޑްގެ ޑިފެންސް މިނިސްޓަރު ލަޑިސްލާވް ކޮސިނިއަކް-ކަމީޝް ވިދާޅުވީ، ނޭޓޯއަކީ ހަމައެކަނި ނަމެއްގައި އޮތް އިއްތިހާދެއް ނޫން ކަމަށާއި، އެއީ ޒަމާނީ ތާރީޚުގައި ފެނުނު އެންމެ ކާމިޔާބު އަސްކަރީ އިއްތިހާދު ކަމަށެވެ. އަދި ޓްރަމްޕްގެ މި އިންޒާރަކީ ނުރައްކާތެރި، ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވީ، މީގެ ސަބަބުން ފައިދާވާނީ ހަމައެކަނި ދުޝްމަނުންނަށް ކަމަށެވެ.
ބްރިޓަންގެ ބޮޑުވަޒީރު ކީރް ސްޓާމަރ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ނޭޓޯއަކީ ދުނިޔެ ދުށް އެންމެ ވަރުގަދަ އަސްކަރީ އިއްތިހާދު ކަމަށެވެ. އަދި ކޮންމެ ފިއްތުމެއް ކުރިމަތިވި ނަމަވެސް، އިނގިރޭސިވިލާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް އެމަނިކުފާނު އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޓްރަމްޕް ނޭޓޯއަށް ފާޑުވިދާޅުވީ، އީރާނާ ގުޅޭގޮތުން އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަށް އެ އިއްތިހާދުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެއެވެ. ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ނޭޓޯއިން ވަކިވުމާ މެދު "ޝައްކެއްވެސް ނެތް މިންވަރަށް" ވިސްނަވަމުން ގެންދަވާ ކަމަށެވެ.
"އަހަރެމެން އެހީތެރިކަމަށް ބޭނުންވި ދަނޑިވަޅުގައި އެމީހުން އެކުވެރިކަމެއް ނުބަހައްޓާ. އަހަރެމެން އެމީހުންގެ ކިބައިން މާ ބޮޑު ކަންތައްތަކަކަށް ނޭދެން. މިއީ ހަމައެކަނި އެއްކޮޅަކަށް އޮތް ގުޅުމެއް،" ޓްރަމްޕް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ސެނެޓަރު މާކް ވާނާ ވިދާޅުވީ، މިއީ އެމެރިކާ ބަލިކަށިކޮށްލާނެ ފަދަ ޒިންމާދާރުކަން ކުޑަ އިންޒާރެއް ކަމަށެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު، އެމެރިކާގެ ދިފާއުގައި ނޭޓޯގެ މާއްދާތަކުގެ ބޭނުންކުރިކަން ހަނދާންކޮށްދެއްވަމުން އޭނާ ވިދާޅުވީ، އެފްގާނިސްތާނުގައި އެމެރިކާ ސިފައިންނާއެކު އެތައް ހާސް ބޭރުގެ ސިފައިންނެއް ޚިދުމަތްކޮށް، ގުރުބާނީތަކެއް ވެފައިވާ ކަމަށެވެ. އެހެންކަމުން، މިއީ އެއްކޮޅަށް އޮތް ގުޅުމެއް ކަމަށް ބުނުމަކީ އެ ފަރާތްތަކުގެ ގުރުބާނީއަށް ކުރެވޭ ފުރައްސާރައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވާނާ އިތުރަށް ވިދާޅުވީ، އެތައް އަހަރެއް ވަންދެން އެމެރިކާގެ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދީފައިވާ މި އިއްތިހާދު ރޫޅާލުމުގެ ފުރުސަތު ކޮންގްރެސްއިން ރައީސަށް ނުދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު