މާލޭގައި ބަނގުރާ ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އިންޑިއާގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާ ރާއްޖެއިން ޑީޕޯޓުކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ދިނިޝް މުރުގަން އެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރުމަށްފަހު އޭނާ ދިރިއުޅޭ އެޕާޓްމަންޓާއި އޭނާ ދުއްވި ސައިކަލު ބަލައިފާސްކުރިއިރު 12 ފުޅި ބަނގުރާ ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާ ދުއްވި ސައިކަލު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައެވެ.
މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ދިނިޝް މުރުގަން ރާއްޖެއިން ޑީޕޯޓްކޮށްލުމަށްޓަކައި މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު