މާލޭގެ މަގަކުން ކަފިހުރަސް މަތިން ހުރަސްކުރަމުން ދިޔަ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖައްސައި، އެކްސިޑެންޓްވުމުން މަޑުނުކޮށް ފިލި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އަތަމާ ޕެލަސް ކައިރީގައި އޮންނަ ކަފިހުރަހެއްގެ މަތީގައެވެ. ފުލުހުން ވަނީ މި ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖާއި، އެ މީހާ ސައިކަލު ދުއްވަމުން ދިޔަ ރޫޓުގެ އެކި ވީޑިއޯ ކްލިޕްތައް އާންމުކޮށްފައެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ، ކަފިހުރަހުގެ މަތިން އަންހެނަކު ހިނގާފައި ދަނިކޮށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލަކުން ޖެހި އެ އަންހެން މީހާ ބިންމައްޗަށް ވެއްޓޭ މަންޒަރެވެ. ނަމަވެސް، އެކްސިޑެންޓްވުމުން އެހީތެރިވުމުގެ ބަދަލުގައި، ސައިކަލު ދުއްވަން އިން މީހާ ވަނީ މަޑުނުކޮށް އެ ސަރަހައްދުން ފިލާފައެވެ.
ފުލުހުން ބުނީ، މިހާތަނަށް ކުރި މަސައްކަތުން އެ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ނުވަތަ މި އެކްސިޑެންޓްގެ މަންޒަރު ދުށް ފަރާތެއްވާނަމަ، ލަސްނުކޮށް އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި މިފަދަ ހާދިސާތައް އިތުރުވަމުންދާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ ނަސޭހަތްތެރި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު