ކުރިއަށް އޮތް މާލެ ސިޓީގެ މޭޔަރު ކަމުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު އަށް، ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް މުހިންމު ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީން މި ސުވާލުތައް ޒަރިޔަންދުއަށް އަމާޒުކުރައްވާފައިވަނީ ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިންނެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހައުސިންގ ފަންޑެއް އުފައްދައި، އޭގެ ބެނިފިޝަރީން ފައިސާ ޖަމާކުރާނެ ނިޒާމެއް ގާއިމުކުރުމަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ހައްލެކެވެ. މިގޮތުން ޕެންޝަން ފަންޑަށް ފައިސާ އުނިކުރާ އުސޫލުން، ސިޓީ ކައުންސިލްގެ ގާނޫނީ ހައިސިއްޔަތުގެ ތެރެއިން މިފަދަ އިތުބާރު ހުރި ނިޒާމެއް ހިންގުމާ މެދު ޒަރިޔަންދު ދެކޭގޮތް ސާފުކުރުމަށް ވަނީ އެދިފައެވެ. އަދި މާލެއާއި ހުޅުމާލޭގެ ބިންތައް ވިއްކައިގެންނާއި ކުލިން ލިބޭ ފައިސާ "ސީޑް ކެޕިޓަލް" އެއްގެ ގޮތުގައި މި ފަންޑަށް ޖަމާކުރުމަށް ތާއީދުކުރައްވާތޯވެސް ވަނީ ސުވާލުކުރައްވާފައެވެ.
މީގެ އިތުރުން، މާލޭގެ ޕާކިންގ މައްސަލައާއި ހަކަތައިގެ އަގުތަކާ ގުޅޭގޮތުންވެސް ޒަރިޔަންދު އަށް ވަނީ ސުވާލުތަކެއް އަމާޒުކޮށްފައެވެ.
ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި އިމާރާތްތައް ހަދާއިރު، އޭގެ ތިރީ ފްލޯތައް މަލްޓި-ލޭޔަރ ޕާކިންގްއަށް ޚާއްޞަކުރުން ލާޒިމްކުރުމާއި، އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް ގެންގުޅުމާ މެދު ޒަރިޔަންދު ގެ ވިސްނުންފުޅު ހުރިގޮތް ސާފުކޮށްދިނުމަށް ވަނީ އެދިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަަށް ވާދަކުރައްވާ ޒަރިޔަންދު ވިދާޅުވީ މާލޭގެ ހަތަރު އަވަށެއްގައި އަވަށު ކޮމިޓީތައް އަލުން ގާއިމުކުރުމަކީ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. ޒަރިޔަންދު ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކުރިން އުވާލާފައިވާ މި ކޮމިޓީތައް އައުމުން، އަވަށުގެ ކަންކަން ނިންމުމުގައި އެ އަވަށެއްގެ ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، މަގުމަތީގެ މުނިސިޕަލް މައްސަލަތަކާއި އިޖުތިމާއީ ކަންކަން ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. ޚާއްސަކޮށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވަކިވަކި ޒުވާނުންގެ ކޮމިޓީތައް އުފެއްދުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޕާކިންގެ ދަތިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، މާލޭގެ ކޮންމެ އަވަށެއްގައި ސައިކަލްތައް ޕާކު ކުރެވޭނެ "އަންހާސް ޕާކިންގ ޔުނިޓް" ނުވަތަ މަލްޓި-ލޭޔަރ ޕާކިންގ ސިސްޓަމްތައް ގާއިމުކުރުމަކީ އޭނާގެ މޭޔަރުކަމުގެ ދައުރުގައި ހާސިލްކުރަން ބޭނުންވާ މައިގަނޑު ނަތީޖާ ކަމަށެވެ.
މާފަންނު ސަހަރާ ހުރި ސަރަހައްދުގައި ޗައިނާ ސަރުކާރުގެ އެހީގައި ޕާކިންގ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތަކެއް ރޭވިފައިވާކަން ފާހަގަކުރައްވައި، ޒަރިޔަންދު ވިދާޅުވީ ބިންތައް ބޭނުންކުރަންވާނީ ހަމައެކަނި ޕާކުތައް ހަދަން ނޫން ކަމަށާއި، އޭގެ ބަދަލުގައި މަލްޓި-ޕާޕަސް ބިލްޑިންގްތައް އަޅައި، ޕާކިންގއާއި އިޖުތިމާއީ އެކި ބޭނުންތަކަށް އެ ބިންތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، ކަރަންޓުގެ އަގު ބޮޑުވުމުގެ މައްސަލައާއި ރައްޔިތުންގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ސިޓީ ކައުންސިލަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން ދައުލަތަށް ލަފާދީ، ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނުގައި ބަޔާންކުރާ "ނޭބަރހުޑް ޕޮލިސިންގ" ގެ ޚިދުމަތް ސިޓީ ކައުންސިލާ ގުޅިގެން ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމުން، އަވަށްތަކުގެ އަމާންކަން އިތުރުވެ، ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޒަރިޔަންދުގެ ވާހަކަފުޅު ނިންމާލެއްވީ މާލެއަކީ ދިރިއުޅެން އުފާވެރި ތަނަކަށް ހެދުމަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ހަނދާންކޮށްދެއްވަމުންނެވެ.
މި ސުވާލުތަކަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަށް އަމާޒުކޮށް، ސިޓީ ކައުންސިލުން އިސްނަގައިގެން ކުރެވިދާނެ ކަންކަމުގެ ގޮތުގައި އެ ހަރަކާތުގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު