ތުއްތު ދަރިފުޅުގެ ހަށިގަނޑުން ގިނަ އަދަދެއްގެ ކަށި ބިނދިފައި ހުރުމުގެ ސަބަބުން، އެއީ މައިންބަފައިން ދިން އަނިޔާއެއް ކަމަށް ބަލައި ޑޮކްޓަރުން ފުލުހުންނަށް މައްސަލަ ހުށަހެޅި ހާދިސާއެއްގައި، އެއީ ނާދިރު ބައްޔެއްގެ ސަބަބުން ދިމާވި ކަމެއްކަން ހާމަވެއްޖެއެވެ.
އެމެރިކާގެ އައިޑަހޯއަށް ނިސްބަތްވާ ކެންޑްރާ ލާސަން އަދި އެރިކްގެ ދަރިފުޅު ހެޑްލީގެ އުމުރުން އެންމެ ހަތަރު ހަފުތާގައި ހޮސްޕިޓަލަށް ގެންދެވުނީ އުނަގަނޑަށް ތަދުވާތީ ކަމަށް ހީކޮށްގެންނެވެ.
ނަމަވެސް އެކްސް-ރޭ ތަކުން ދެއްކި ގޮތުގައި އެ ތުއްތު ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނުން ހަތަރު ކަށި އޭރުވެސް ހުރީ ބިނދިފައެވެ. މިއާއެކު ޑޮކްޓަރުން ވަނީ މައިންބަފައިންނަށް ޝައްކުކޮށް، ކުޑަކުދިންނަށް އަނިޔާކުރާ މައްސަލައެއްގެ ގޮތުގައި ތަހުގީގު ފަށާފައެވެ.
ކެންޑްރާ ކިޔައިދިން ގޮތުގައި، ހޮސްޕިޓަލުގެ ޑޮކްޓަރުން އެމީހުންނާ މެދު އަމަލުކުރީ ކުށްވެރިންގެ ގޮތުގައެވެ. ދަރިފުޅުގެ ސަލާމަތަށްޓަކައި އޭނާ ހޮސްޕިޓަލުގައި ބާއްވައި، މައިންބަފައިންނަށް ދަރިފުޅާ ކައިރިވުމުގައި ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް ފަހުން ކުރެވުނު ތަހުލީލުތަކުން އެނގުނު ގޮތުގައި ހެޑްލީއަށް ޖެހިފައިވަނީ "އޮސްޓިއޯޖެނެސިސް އިމްޕަރފެކްޓާ" ނަމަކަށް ކިޔާ، ކަށިތައް ވަރަށް ބޮޑަށް ބަލިކޮށްލާ ނާދިރު ބައްޔެކެވެ.
މި ބަލީގެ ސަބަބުން ހެޑްލީގެ ހަށިގަނޑުގެ 148 ކަށި މިހާތަނަށް ވަނީ ބިނދިފައެވެ. ކެންޑްރާ ބުނި ގޮތުގައި ބަލި ޔަގީންވުމުގެ ކުރިން ހޭދަވި ހަތަރު މަސް ދުވަހަކީ އެމީހުންގެ ހަޔާތުގައި އައި އެންމެ ހިތްދަތި ދުވަސްތަކެވެ. އަމިއްލަ ދަރިފުޅަށް އަނިޔާކުރި ކަމުގެ ބޮޑު ތުހުމަތާއެކު މުޖުތަމައުގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހުމަކީ ނަފްސާނީ ގޮތުން ލިބުނު ބޮޑު އަނިޔާއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މިއަދު ހެޑްލީގެ އުމުރުން 13 އަހަރު ވެފައިވާއިރު، އޭނާ އަކީ އެހެން ކުދިންނަށް ނަމޫނާ ދައްކާ، ހިތްވަރުގަދަ ކުއްޖެކެވެ. މި ހާދިސާއަށްފަހު އެ އާއިލާއިން މިހާރު މަސައްކަތް ކުރަމުންދަނީ މިފަދަ ނާދިރު ބަލިތަކަށް އާންމުންނާއި ސިއްހީ މާހިރުން ހޭލުންތެރިކުރުވުމަށެވެ. އެއީ އެހެން އާއިލާއަކަށް މިފަދަ ނުބައި ތުހުމަތުތަކެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު