ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނެއްގައި، އީރާނުގެ ވެރިކަން ބަދަލުކުރުމަކީ ވޮޝިންޓަނުގެ އަމާޒެއް ނޫން ކަމަށް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނުގައި އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ކެމްޕޭން ކުރިއަށް އޮތް ދެ ހަފުތާއެއް ނުވަތަ ތިން ހަފުތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ދަނޑިވަޅުގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ "އަލްޖަޒީރާ" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެމެރިކާއާ އެކު މެސެޖުތަކެއް ބަދަލުކުރެވެމުންދާ ކަމަށެވެ. ނަމަވެސް، މިއީ އެމެރިކާއާ އެކު ކުރިއަށްދާ ރަސްމީ މަޝްވަރާތަކެއް ނޫން ކަމަށާއި، ތެހެރާނުން ވޮޝިންޓަނާ އެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް އޭނާ ބާރުއަޅުއްވައި ވިދާޅުވިއެވެ.

އަނެއްކޮޅުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

އޭނާ ވިދާޅުވީ އެމެރިކާއިން މިހާރު މަޝްވަރާ ކުރަމުންދަނީ "ބޮންތަކުން" ކަމަށާއި، އީރާނުން ސުލްހައިގެ އެއްބަސްވުމަކަށް ނައިސްފިނަމަ މިހާރަށްވުރެ ފުޅާދާއިރާއެއްގައި ހަމަލާތައް ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ހެގްސެތު ވަނީ އީރާނުގެ ކުރިމަތީގައި އޮތީ ސުލްހަވުން ނުވަތަ އިތުރު ހަމަލާތަކާ ކުރިމަތިލުން ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު