ރައީސް މައުމޫން
ރައީސް މައުމޫން
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދު ނުކުރައްވާކަން ހާމަކުރައްވައިފިއެވެ. ރައީސް މައުމޫން މިކަން ހާމަކުރެއްވީ، އިންތިޚާބާ ގުޅޭގޮތުން ބޭފުޅަކު ކުރެއްވި ސުވާލަކަށް ވަޓްސްއެޕް ގްރޫޕެއްގައި ދެއްވި ކުރު ޖަވާބެއްގައެވެ.

މިކަމާ ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. މީގެ ކުރިންވެސް ބައެއް ސިޔާސީ ބޭފުޅުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ސަބަބުން ވޯޓުލާ މީހުންނަށް އޮޅުންތަކެއް އަރާފާނެ ކަމަށާއި، އެއީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންތިޚާބުތައް އެއްކޮށް ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތައް ކުޑަކުރުމުގެ މަގްސަދުގައެވެ. ނަމަވެސް، ރައީސް މައުމޫން ފަދަ ތަޖުރިބާކާރު ސިޔާސީ ބޭފުޅުންގެ މިފަދަ ނިންމެވުންތަކާ ގުޅިގެން، މި މައުޟޫއަށް އޮތް ބަހުސް އިތުރަށް ވަނީ ހޫނުވެފައެވެ.

ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ 8 ވަނަ އިސްލާހާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ، ސަރުކާރުން ބޭނުންވި ގޮތަށް ކާމިޔާބުވެ، ރެފަރެންޑަމް ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ހުކުމްކޮށްފައެވެ.

މި ނިންމުމާއެކު ކުރިންވެސް ތާވަލުކުރެވިފައިވާ ގޮތަށް އަންނަ ހޮނިހިރު ދުވަހު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ކުރިއަށް ގެންދިއުމުގެ ގާނޫނީ ހުރަހެއް ނެތް ކަމަށް މިވަނީ ކަނޑައެޅިގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު