އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހިނގާ ބިލިއަނުން ގުނޭ ބޮޑު ހަރަދުތައް ހަމަޖެއްސުމަށް އަރަބި ގައުމުތަކުގެ ކިބައިން އެދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލީވިޓް ވިދާޅުވީ، ސަރަހައްދީ ގައުމުތަކުން މި ހަނގުރާމައިގެ ހަރަދު ބެލެހެއްޓުމަކީ ރައީސް ޓްރަމްޕް ގެންގުޅުއްވާ ޚިޔާލެއް ކަމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަވެގެންދާނެ ކަމަށެވެ.
މި ހަނގުރާމައިގެ ހަރަދުތައް އަރަބި ގައުމުތަކުން ހަމަޖެއްސުމުގެ ވާހަކަ ދެކެވެމުން މިދަނީ، 1990 ވަނަ އަހަރުގެ ގަލްފް ހަނގުރާމައިގެ ތެރޭގައި ވެސް އެމެރިކާގެ އިއްތިހާދީ ގައުމުތަކުން ހަނގުރާމައިގެ ހަރަދަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އުސޫލުންނެވެ. ނަމަވެސް، މިފަހަރުގެ ހަނގުރާމައަކީ އެމެރިކާ އާއި އިސްރާއީލުން އިސްވެ، ސަރަހައްދީ އެހެން ގައުމުތަކުގެ ބައިވެރިވުމެއް ނެތި ފަށާފައިވާ ހަނގުރާމައެއްކަން ފާހަގަކުރެވެ އެވެ.
އީރާނާ ދެކޮޅަށް ކުރަމުންދާ މި ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަދި ހަނގުރާމައަށް މަހެއް ވެފައިވާއިރު، މި ހަރަދުތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. ވައިޓް ހައުސްއިން މިހާރު ދަނީ މި ހަނގުރާމައިގެ ކަންކަމަށް އިތުރު 200 ބިލިއަން ޑޮލަރު ހޯދުމަށް އެމެރިކާގެ ކޮންގްރެސްގައި އެދެމުންނެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މިކަމާ ގުޅިގެން ވައިޓް ހައުސްއިން ބުނަމުންދަނީ ތެލުގެ އަގަށް އަންނަ ބަދަލަކީ ވަގުތީ ކަމެއް ކަމަށާއި، އީރާނުގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ނައްތާލުމަކީ ދިގު މުއްދަތަކަށް ބަލާއިރު މުޅި ސަރަހައްދަށް ލިބޭނެ ފައިދާއެއް ކަމަށެވެ.
ނަމަވެސް، އީރާނުން ބުނަމުންދަނީ އެ ގައުމުން އެއްވެސް ނުރައްކަލެއް ކުރިމަތިނުކުރާ ކަމަށާއި، އެމެރިކާއިން ހަމަލާދިނީ ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްދަނިކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު