ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ 8 ވަނަ އިސްލާހާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ، ސަރުކާރުން ބޭނުންވި ގޮތަށް ކާމިޔާބުވެ، ރެފަރެންޑަމް ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފިއެވެ.
ގާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާ، ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މި މައްސަލައިގައި އެދިފައިވަނީ، ވޯޓުގައި އަހާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ތައާރުޒުވާ ސުވާލަކަށް ވާތީ، އޭޕްރީލް 4، 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯޓު ހުއްޓުވައިދިނުމަށެވެ.
ނަމަވެސް އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު ހިމެނޭހެން ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި މި މައްސަލައިގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ރެފަރެންޑަމްގެ ސުވާލުގައި އެއް ކަމަށްވުރެ ގިނަ ކަންކަން ހިމެނުމަކީ ގާނޫނީ ގޮތުން މަނާކަމެއް ނޫން ކަމަށާއި، މުޅި ބިލަށް ރައްޔިތުންގެ ރުހުން އޮތްތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
މި މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަފަނޑިޔާރު ފާހަގަކުރެއްވީ، ގާނޫނުއަސާސީގެ މާއްދާއެއް މާނަކުރުމުގައި ހަމައެކަނި އެ ލިޔުނު ފަރާތްތަކުގެ މަގްސަދަށް ބެލުމުގެ ބަދަލުގައި، ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުން ފަދަ އަސާސްތަކަށްވެސް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ އިސްލާހާއެކު މަޖިލީހުގެ ދައުރު ބަދަލުވާނެކަން ކަށަވަރުވާއިރު، އެ ބަދަލު ހިމެނޭ މުޅި ބިލަށް ރައްޔިތުންގެ ރުހުން ހޯދުމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކުރަށްވާފައިވަނީ، ރެފަރެންޑަމް ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައެޅޭނެ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށެވެ.
މި ނިންމުމާއެކު ކުރިންވެސް ތާވަލުކުރެވިފައިވާ ގޮތަށް އަންނަ ހޮނިހިރު ދުވަހު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ކުރިއަށް ގެންދިއުމުގެ ގާނޫނީ ހުރަހެއް ނެތް ކަމަށް މިވަނީ ކަނޑައެޅިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު