އޮސްޓްރޭލިއާގެ ފުލުހުންގެ ދެ އޮފިސަރަކު މަރާލުމަށްފަހު ފިލައިގެން އުޅޭތާ ހަތް މަސް ވެފައިވާ ޑެޒީ ފްރީމަން، ފުލުހުން ދިން ބަޑީގެ ހަމަލާތަކެއްގައި މަރުވެއްޖެއެވެ.
އުމުރުން 56 އަހަރުގެ ފްރީމަންއަކީ ސަރުކާރާ ދެކޮޅު ފިކުރުތައް ފަތުރާ، ގާނޫނުތަކަށް އިންކާރުކުރާ "ސޮވެރިން ސިޓިޒަން" ހަރަކާތުގެ މީހެކެވެ. އޭނާ ފިލައިގެން އުޅެން ފެށީ މިދިޔަ އޮގަސްޓް މަހު ވިކްޓޯރިއާގެ ޕޯޕަންކާގައި ހުންނަ އޭނާގެ އަމިއްލަ ބިމުގައި ފުލުހުންގެ ދެ އޮފިސަރުން ކަމަށްވާ ނީލް ތޮމްޕްސަން އާއި ވަޑިމް ޑި ވާޓް އަށް ބަޑިން ހަމަލާދީ މަރާލުމަށްފަހުއެވެ.
ވިކްޓޯރިއާ ފުލުހުން ބުނީ، ހޯމަ ދުވަހުގެ ހެނދުނު އެ ސްޓޭޓްގެ އިރުއުތުރު ސަރަހައްދެއްގައި ހުރި އިމާރާތެއް ފުލުހުން ވަށާލައި، ތިން ގަޑިއިރަށް ދެމިގެންދިޔަ ކުރިމަތިލުމަކަށްފަހު ފްރީމަން މަރާލާފައިވާ ކަމަށެވެ. ފުލުހުން ބުނީ އޭނާ ބޭރަށް ނުކުތީ ބަޑިއެއް ހިފައިގެން ކަމަށާއި، އެއީ އޭނާ މަރާލި ފުލުހުންގެ އަތުން އަތުލާފައިވާ ބަޑިއެއް ކަމަށް ބެލެވޭ ކަމަށެވެ.
ޗީފް ކޮމިޝަނަރު މައިކް ބުޝް ވިދާޅުވީ، ފްރީމަން ހައްޔަރު ކުރުމަށް ފުލުހުން ފުރުސަތު ދިން ނަމަވެސް އޭނާ އެކަމަށް އިންކާރުކުރީ ކަމަށެވެ. މި ހާދިސާގައި ފުލުހުންގެ އެއްވެސް އޮފިސަރަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ވިކްޓޯރިއާގެ ޕްރިމިއާ ޖަސިންތާ އެލަން ވިދާޅުވީ، "ނުބައި ނުލަފާ މީހަކު މިއަދު މިވަނީ މަރުވެފައި" ކަމަށާއި، މި ބިރުވެރިކަން މިހާރު ނިމުމަކަށް އަތުވެއްޖެ ކަމަށެވެ.
ފްރީމަން ހޯދުމަށް ފާއިތުވި މަސްތަކުގައި ފުލުހުން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގާފައެވެ. އޭނާ ހޯދުމަށް އެހީތެރިވާ ފަރާތަކަށް 1 މިލިއަން އޮސްޓްރޭލިއާ ޑޮލަރުގެ އިނާމެއްވެސް އޮތީ ހުށަހަޅާފައެވެ. ފުލުހުން ބުނީ، ޖަންގަލިތަކާއި ހޮހަޅަތަކުގައި ފްރީމަން ފިލައިގެން އުޅުނުއިރު ބަޔަކު ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އަދި އޭނާއަށް އެހީތެރިވި ފަރާތްތައް ހޯދުމުގެ ތަހުގީގު މިހާރު ވަނީ ފަށާފައެވެ.
ފްރީމަން ވަނީ މީގެ ކުރިން ވެސް ކޯޓުތަކާއި ފުލުހުންނަށް ގޮންޖަހައި، އޭރުގެ ޕްރިމިއާގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލުމަށް ވެސް މަސައްކަތް ކޮށްފައެވެ. ފްރީމަންގެ މަރާއި ގުޅިގެން، މީގެކުރިން އޭނާ މަރާލި ދެ ފުލުހުންގެ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، ފުލުހުންގެ ޖަމިއްޔާއިން ބުނީ މިއީ ލިބުނު ފުން ހިތާމައަށް އޮތް ފުރިހަމަ ހައްލު ނޫން ކަމަށެވެ. މި ހާދިސާއާއެކު އޮސްޓްރޭލިއާގައި ފެތުރެމުންދާ ސަރުކާރާ ދެކޮޅު ހަރުކަށި ފިކުރުތަކުގެ ނުރައްކަލާ މެދު އަލުން ވަނީ ބަހުސްތައް ފެށިފައެވެ.

ކިޔުންތެރިންގެ ހިޔާލު