ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ބާރުތައް ވަކިކުރެވިފައި އޮތް އޮތުން ނެތިގޮސް، ހުރިހާ ބާރެއް މުށުތެރެއަށް ލުމުގެ ސިލްސިލާގެ އެންމެ ނުރައްކާތެރި މަރުހަލާ މިހާރު ފެށިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިލްހާމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އެކި ސަރުކާރުތަކުން ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ނިޒާމު މިހާރުވެސް އޮތީ އެއްފަރާތަކަށް އަރިއަޅާލާފައި ކަމަށާއި، އޭގެ ނޭދެވޭ އަސަރު ސީދާ ރައްޔިތުންނަށް މިހާރު މިދަނީ ކުރަމުން ކަމަށެވެ.
މިހާރުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ބާރު ކަމުގައިވާ ވޯޓުލުމުގެ ހައްގު ނުސީދާ ގޮތެއްގައި ނެތިކޮށްލުމަށް ކަމަށް ބުނެ، މިކަމަށް ސަމާލުވުމަށް އިލްހާމް ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި، އެއްވަގުތެއްގައި ބޭއްވުމަކީ ރޭވުމެއްގެ ދަށުން ރައްޔިތުންގެ އަތުން ބާރުތައް ދަމައިގަތުން ކަމަށް ބުނެ އޭނާ ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. އެގޮތުން، މި ބަދަލުގެ ސަބަބުން ރައްޔިތުންނަކީ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން މަޖުބޫރުވެފައިވާ "ރަބަރު ސްޓޭމްޕް" ޖަހާ ބަޔަކަށް ވެގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
އިންތިޚާބުތައް ދެ ތާރީޚެއްގައި ބޭއްވުމުން، ސަރުކާރާއި މަޖިލިސް ޒިންމާދާރުކުރުވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާކަން ފާހަގަކުރައްވަމުން އިލްހާމް ވިދާޅުވީ، މިހާރު ގެންނަން އުޅޭ ބަދަލުގެ ސަބަބުން ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރު އެއްވެ، ވެރިކަން ކުރާ ފަރާތަށް މުޅި ސިސްޓަމް ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މީގެ ނަތީޖާއެއްގެ ގޮތުން އަދުލު އިންސާފުގެ ދާއިރާ ނުވަތަ ޖުޑިޝަރީވެސް އެކީގައި ފުނޑުފުނޑުވެގެން ދިއުމުގެ ބިރު ބޮޑުކަމަށް އޭނާ ސިފަކުރެއްވިއެވެ.
ކުރިމަތީގައި އޮތް ފެންނަ ނުފެންނަ ވޯޓަކީ ވެރިންނަށް ޚުދުމުހުތާރުވުމަށް ދެވޭ އެންމެ ބޮޑު ފުރުސަތު ކަމަށް ބުނެ، އެ ބާރު އަތުން ދޫވެއްޖެނަމަ އަނބުރާ ލިބުމަކީ ނާދިރު ކަމެއް ކަމަށް އިލްހާމް ވިދާޅުވިއެވެ.
އެހެންކަމުން، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އެންމެން ނުކުމެ ވޯޓުލުމަށާއި، މި ބަދަލާ ދެކޮޅަށް "ނުފެންނަ" ކަމަށް ފާހަގަޖެހުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ. މިއީ ރައްޔިތުންގެ މިނިވަންކަމާއި ބާރުތައް ދާއިމީކޮށް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އިލްހާމް ވަނީ ސިފަކުރައްވާފައެވެ.

ވެރިޔަކަށް މިހާތަނަށް ލިބުނު ބާރެއް މުށުތެރެއިން ދޫކޮށް ނުލައްވާ.
— Ilham Ahmed (@ilhammaldives) March 31, 2026
2008 ފެށިގެން މިހާތަނަށް ސަރުކާރު ތަކުން، ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ގެނައި ބަދަލްތައް ހުރިގޮތަށް އަދިވެސް އެބަހުރި.
އެއިރުވެސް ގައުމުތަކުގައި ތިބި ވިސްނޭ ފަރާތްތަކުން ފާޑުކިޔާ، އެކަން ނުކުރެއްވުމަށް… pic.twitter.com/M2C5VjSK5C
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި، އެއްވަގުތެއްގައި ބޭއްވުމަކީ ރޭވުމެއްގެ ދަށުން ރައްޔިތުންގެ އަތުން ބާރުތައް ދަމައިގަތުން ކަމަށް ބުނެ އޭނާ ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. އެގޮތުން، މި ބަދަލުގެ ސަބަބުން ރައްޔިތުންނަކީ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން މަޖުބޫރުވެފައިވާ "ރަބަރު ސްޓޭމްޕް" ޖަހާ ބަޔަކަށް ވެގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
އިންތިޚާބުތައް ދެ ތާރީޚެއްގައި ބޭއްވުމުން، ސަރުކާރާއި މަޖިލިސް ޒިންމާދާރުކުރުވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާކަން ފާހަގަކުރައްވަމުން އިލްހާމް ވިދާޅުވީ، މިހާރު ގެންނަން އުޅޭ ބަދަލުގެ ސަބަބުން ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރު އެއްވެ، ވެރިކަން ކުރާ ފަރާތަށް މުޅި ސިސްޓަމް ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މީގެ ނަތީޖާއެއްގެ ގޮތުން އަދުލު އިންސާފުގެ ދާއިރާ ނުވަތަ ޖުޑިޝަރީވެސް އެކީގައި ފުނޑުފުނޑުވެގެން ދިއުމުގެ ބިރު ބޮޑުކަމަށް އޭނާ ސިފަކުރެއްވިއެވެ.
ކުރިމަތީގައި އޮތް ފެންނަ ނުފެންނަ ވޯޓަކީ ވެރިންނަށް ޚުދުމުހުތާރުވުމަށް ދެވޭ އެންމެ ބޮޑު ފުރުސަތު ކަމަށް ބުނެ، އެ ބާރު އަތުން ދޫވެއްޖެނަމަ އަނބުރާ ލިބުމަކީ ނާދިރު ކަމެއް ކަމަށް އިލްހާމް ވިދާޅުވިއެވެ.
އެހެންކަމުން، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އެންމެން ނުކުމެ ވޯޓުލުމަށާއި، މި ބަދަލާ ދެކޮޅަށް "ނުފެންނަ" ކަމަށް ފާހަގަޖެހުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ. މިއީ ރައްޔިތުންގެ މިނިވަންކަމާއި ބާރުތައް ދާއިމީކޮށް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އިލްހާމް ވަނީ ސިފަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު