މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެ ވޯޓު ހުއްޓުވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ޙުކުމް އިއްވުމަށް މާދަމާއަށް ތާވަލު ކޮށްފިއެވެ.
ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މި މައްސަލައިގައި ޙުކުމް ކުރުމަށް ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު އެކެއް ޖަހާއިރަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު، މައްސަލަ ހުށަހެޅި ފަރާތުން އަޑުއެހުމުގައި ބުނެފައިވަނީ މަޖިލީހުގެ އުމުރު ބަދަލުކުރާނަމަ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށާއި، އެ ވޯޓުގައި މަޖިލީހުގެ ދައުރު ކުރުކުރުމާ މެދު "ސީދާ" ސުވާލުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން މީގެ ރައްދުގައި ބުނެފައިވަނީ، ފެންނަ ނުފެންނަ ވޯޓުގެ ސުވާލު ފަރުމާކުރާނެ ވަކި ގޮތެއް ގާނޫނުއަސާސީގައި ނެތް ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް ކަމަށެވެ. އަދި އެކަން ކުރަންޖެހޭނީ ހިޔާލު ހޯދުމުގެ ވޯޓު ނެގުމާބެހޭ ގާނޫނާ އެއްގޮތަށް ރައީސް ނެރުއްވާ ގަރާރަކުން ކަމަށްވެސް ދައުލަތުން ވަނީ ފާހަގަ ކޮށްފައެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާ އެކު ކުރިއަށްގެންދަން ނިންމާފައިވާ މި ރެފެރެންޑަމްގައި އަހާ ސުވާލަކީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމަށް ފެނޭތޯ އެވެ.
އައިކް އާއި ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ފާހަގަކޮށްފައި ވަނީ، ރެފެރެންޑަމްގެ ވޯޓަށް އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ އާއި، އެ އިސްލާހުގެ ސަބަބުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވެގެންދާތީ އެކަމަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ކަމަށެވެ.
ނަމަވެސް، ރައީސް މުއިއްޒު ނެރުއްވާފައިވާ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިއުލާނުގައިވާ ސުވާލުގައި އެ ބައި ހިމަނާފައި ނުވާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ. މީގެ އިތުރުން، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިމުގެ ބޭރުން ވެސް ބައެއް ކަންކަން މި އިސްލާހުގެ ބިލުގައި ހިމަނާފައިވާ ކަމަށް ވަކީލުން ތުހުމަތު ކޮށްފައިވެއެވެ.
މި މައްސަލައިގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ކުރުމަށް އޮތް މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ބިލު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވެސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައެޅުއްވިއެވެ. އެހެންނަމަވެސް، އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގަނެފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އާއި، ފަނޑިޔާރު ޙުސައިން ޝަހީދު އާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

ކިޔުންތެރިންގެ ހިޔާލު