އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، ބައިނަލްއަގުވާމީ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އިތުރަށް އުފުލިއްޖެއެވެ.
ހޯމަ ދުވަހުގެ ހެނދުނު ތެލުގެ އަގަށް އައި ބަދަލާއެކު، ބްރެންޓް ކުރޫޑްގެ އަގު ތިނެއް އިންސައްތައަށް ވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 116 ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހު ތެލުގެ އަގު 119 ޑޮލަރަށް އެރި ފަހުން، ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.
ތެލުގެ އަގު އުފުލެން މެދުވެރިވީ، އެމެރިކާގެ ސިފައިން އެއްގަމު މަގުން އީރާނަށް އަރައިގަންނަން ތައްޔާރުވަމުންދާ ކަމަށް ބުނެ، އެކަމަށް އީރާނުން ތައްޔާރުވެފައިވާ ކަމަށް ބުނުމާ ގުޅިގެންނެވެ. އީރާނުގެ މަޖިލީހުގެ ރައީސް ވަނީ އެމެރިކާ ސިފައިން އީރާނަށް އަރައިފިނަމަ، އެމީހުންގެ ގައިގައި "އަލިފާން ޖައްސައި"، ސަރަހައްދީ ގޮތުން އެމެރިކާއަށް ވާގިވެރިވާ ފަރާތްތަކަށް އަދަބު ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މި ހަނގުރާމަ އިތުރަށް ހޫނުވެފައިވަނީ، އީރާނުގެ ތާއީދު އޮންނަ ހޫޘީން ފުރަތަމަ ފަހަރަށް އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދިނުމާއި، އިސްރާއީލުން ލުބުނާނުގެ ދެކުނަށް އަރައިގަނެ ހަނގުރާމަ ފުޅާކުރުމާ ގުޅިގެންނެވެ. މި ނުތަނަވަސްކަމުގެ ސަބަބުން އޭޝިއާގެ ހިއްސާގެ ބާޒާރަށް ވެސް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެގޮތުން ޖަޕާނުގެ ނިކޭ 225 އަދި ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް ވަނީ ހަތަރެއް އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.
ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، ފާއިތުވި ދިހަ އަހަރުތަކުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ހަކަތައިގެ ކާރިސާ ވަނީ ކުރިމަތިވެފައެވެ. ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު ވަނީ 60 އިންސައްތައަށް އުފުލިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ކަނޑުއޮޅި ހުޅުވާނުލައިފިނަމަ، އެ ގައުމުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާ ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ޓްރަމްޕް ވަނީ މިކަމަށް އޭޕްރިލް 6 ގެ ނިޔަލަށް ސުންގަޑިއެއް ކަނޑައަޅުއްވާފައެވެ. ނަމަވެސް، ޕާކިސްތާނު މެދުވެރިވެގެން ކުރިއަށްދާ ނުސީދާ މަޝްވަރާތަކުން ހައްލެއް ލިބިދާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުން ވަނީ ޓްރަމްޕްގެ ހުށަހެޅުންތަކަށް އިންކާރުކޮށް، ހަނގުރާމަ ހުއްޓާލުމަށް އަމިއްލަ ޝަރުތުތަކެއް ހުށައަޅާފައެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ބަދަލު ހޯދުމާއި ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ބާރު އީރާނަށް އޮތްކަން އެމެރިކާއިން ގަބޫލުކުރުން ހިމެނެއެވެ.
މިހާރު އޮތް ހާލަތަށް ބަލާއިރު، ޕާކިސްތާނާއި މެލޭޝިއާގެ ބައެއް އުޅަނދުތަކަށް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުން ދީފައިވީ ނަމަވެސް، މިއީ ހަނގުރާމައިގެ ކުރިން އުޅަނދުފަހަރު ދަތުރުކުރި މިންވަރާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ. އިގްތިސާދީ މާހިރުން ވަނީ، ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އާންމު ހާލަތަށް ނާންނަނީސް ތެލުގެ އަގު ދަށަށް ދިއުމުގެ ފުރުސަތު ކުޑަކަމުގެ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު