ސައުދީ އަރަބިއްޔާގައި ހުންނަ ޕްރިންސް ސުލްޠާން އެއަރ ބޭސްއަށް އީރާނުން ދިން މިސައިލް ހަމަލާއެއްގައި، އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ ވަރަށް މުހިންމު އީ-3 ސެންޓްރީ މަތިންދާބޯޓެއް ހަލާކުވެ، އެމެރިކާއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ އަގުހުރި މި މަތިންދާބޯޓަކީ ވައިގެ މަގުން ދޭ ހަމަލާތައް ދެނެގަތުމަށާއި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ވަރަށް ވަރުގަދަ އުޅަނދެކެވެ. މާރިޗު 27 ވަނަ ދުވަހު ދިން މި ހަމަލާގައި އެމެރިކާގެ އަސްކަރިއްޔާގެ 10 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މަތިންދާބޯޓަކީ ބޯއިންގް ކުންފުނިން އުފައްދާފައިވާ، ވައިގެ ދިފާއީ ނިޒާމުގެ އެންމެ މުހިންމު އެއް ބަޔެވެ. މީގެ މަތީގައި ހަރުކޮށްފައިވާ ބޮޑު ރޭޑާރުގެ އެހީގައި ދުރު ރާސްތާގެ ނުރައްކާތައް ދެނެގަނެ، ހަނގުރާމަމަތީ އެހެން ބޯޓުފަހަރަށް އިރުޝާދު ދިނުމުގެ ގާބިލްކަން ލިބިގެންވެއެވެ.
އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި، މިފަދަ ބޯޓެއް ގެއްލުމަކީ އެމެރިކާއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ސަބަބަކީ މިއީ ހަނގުރާމައިގެ މައިދާނުގައި މުޅި ލަޝްކަރަށް ބޭނުންވާ މައުލޫމާތާއި އަމާޒުތައް ދެނެގަތުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތަށް ވުމެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިސައިލް ހަމަލާގެ ސަބަބުން ބޯޓަށް ވަނީ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ވެފައެވެ. އީ-3 ސެންޓްރީ ބޯޓުތަކަކީ ހަމައެކަނި އެމެރިކާއިން ބޭނުންކުރާ އެއްޗެއް ނޫނެވެ؛ އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ އަދި ފްރާންސް ފަދަ ގައުމުތަކުން ވެސް މި ބޯޓު ބޭނުންކުރެއެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ރަސްމީ ބަޔާނެއް ނެރުމަށް މަޑުކުރަމުންދާއިރު، މިއީ ބިމުގައި ހުންނަ ބޮޑެތި އަސްކަރީ އުޅަނދުތައް ހަމަލާތަކަށް ހުށަހެޅިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް މާހިރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު