ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަމައެކަނި އިޤްތިސާދީ ސިޔާސަތަކީ މުޅި ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލުމަށްފަހު، އެންމެންނަށް ސަރުކާރުން ވަޒީފާދީގެން ރައްޔިތުން ނިކަމެތިކުރުން ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި އެމްޑީޕީން ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މިހާރު ފެންނަމުންދަނީ ކޮންމެ މީހަކު ގެންގޮސް ފެނަކަ ފަދަ ކުންފުނިތަކުން ވަޒީފާ ދޭ މަންޒަރު ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދިވެހި ރައްޔިތުން އަމިއްލައަށް ކުރަމުން އައި މަސްވެރިކަން ހުއްޓުވާލައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑުފުނޑުކޮށްލުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ރައީސް މުއިއްޒުގެ ހަމައެކަނި އިޤްތިސާދީ ސިޔާސަތަކީ، އިޤްތިސާދު ހަލާކުކޮށްލާ، ދިވެހި ރައްޔިތުން، އެންމެންނަށް ވަޒީފާ ދިނުން،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ސަރުކާރުން މިހާ ގިނައިން ވަޒީފާ ދިނުމުގެ ބޭނުން މިއަދު ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ކަރުގައި ވަޒީފާގެ ކަރުމަޅި އަޅުވައި، ދުވަހުން ދުވަހަށް އެ މަޅި ބާރުކުރުން ކަމަށް އޭނާ ސިފަކުރެއްވިއެވެ. އިޤްތިސާދީ މިނިވަންކަން ގެއްލުމުން، ކައިބޮއެ އުޅުމަށްޓަކައި ދައުލަތުން ދިއްކޮށްލާ ވަޒީފާއަށް ދާން ރައްޔިތުމީހާއަށް މަޖުބޫރުވަމުންދާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
"ރައީސް މުއިއްޒު އެ ކުރައްވާ ކަމަކީ، ފަހުރުވެރި ދިވެހިން ލަދުވެތި ކޮށްލުން. ނިކަމެތި ކޮށްލުން. އަޅުގަނޑުމެންނަށް އިސް އުފުލާ ދިޔަ ނުދިނުން،" މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއްގެ ބޭނުމަކީ ވަޒީފާގެ ބިރުދައްކައިގެންނާއި މަޖުބޫރުކޮށްގެން ރައްޔިތުންގެ މައްޗަށް ގަދަކަމުން ވެރިކަން ކުރުމެވެ. އަދި ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ރައްޔިތުން ބައްޓަންކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދުގެ ސަރުކާރުން ބޭނުންވަނީ ތިބޭފުޅުންގެ އެއްްކޯމަތީ ޖެހީމާ އަނެއްކޯ ދިއްކޮށްލަން. އާދެ އެއީ ވަރަށް ބޮޑު ކުށްހީއެއް. އެހެންވާނެ ކަމަށް ރައީސް މުއިއްޒު ހީފުޅު ކުރެއްވި ކަމުގައި ވިޔަސް، އެއީކީ ދިވެހި ރައްޔިތުން ޤަބޫލުކުރައްވާނޭ ހަމައެއް ނޫން،" ފައްޔާޒް ވިދާޅުވިއެވެ.
މި ޖަލްސާގައި ފައްޔާޒް ވަނީ ސަރުކާރުގެ އިޤްތިސާދީ މިސްރާބު ހުރީ ރައްޔިތުން ދައުލަތަށް ބަރޯސާވާ މިންވަރު އިތުރުކޮށް، ރައްޔިތުންގެ އަމިއްލަ ފުދުންތެރިކަން ކަނޑުވާލުމަށް ކަމަށް ބުނެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު