އިންޑިއާގެ ފިލްމީ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއަކާއެކު، ޖިއޯ ސްޓޫޑިއޯސްއިން ތާރީޚީ "ހެޓްރިކް" އެއް ހަދައިފިއެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ސްޓޫޑިއޯއިން ވަނީ ޖެހިޖެހިގެން 500 ކްރޯޑް ރުޕީސްއަށްވުރެ ގިނައިން އާމްދަނީ ހޯދި ތިން ފިލްމެއް އުފައްދައި، އިންޑިއާގެ އެންމެ ވަރުގަދަ ފިލްމީ ސްޓޫޑިއޯގެ މަގާމު ކަށަވަރުކޮށްފައެވެ.
މި ކާމިޔާބީގެ ސިލްސިލާ ފެށުނީ 2024 ވަނަ އަހަރު ރިލީޒްކުރި "ސްޓްރީ 2" އާއެކުގައެވެ. މި ފިލްމު ވަނީ އެންމެ 18 ދުވަހުގެ ތެރޭގައި އިންޑިއާގެ ބޮކްސް އޮފީހުގައި 500 ކްރޯޑްގެ މަރުހަލާ ގިރާކޮށްފައެވެ. އަދި ފިލްމު ރިލީޒްކުރިތާ މަހެއްހާ ދުވަސް ތެރޭގައި 600 ކްރޯޑްގެ ބޮޑު އާމްދަނީއެއް ހޯދައި، އެއް ބަހަކުން ރިލީޒްކޮށްގެން މި އަދަދަށް ފައިސާ ހޯދި ފުރަތަމަ ހިންދީ ފިލްމުގެ ޝަރަފު ވަނީ ހޯދާފައެވެ.
މި ކާމިޔާބީގެ ފަހަތުން 2025 ވަނަ އަހަރު ރިލީޒްކުރި "ދުރަންދަރު" ވެސް ވެގެންދިޔައީ ބޮޑު ހިޓަކަށެވެ. އެ ފިލްމު ވަނީ އެންމެ 15 ދުވަހުގެ ތެރޭގައި 500 ކްރޯޑްގެ އާމްދަނީއެއް ހޯދައި، އެންމެ އަވަހަށް މި މަރުހަލާ ކަނޑައްތުކުރި ފިލްމުގެ ރެކޯޑު މުގުރާލާފައެވެ. މި ފިލްމު ވަނީ 100 ދުވަހަށްވުރެ ގިނަ ދުވަހު ސިނަމާތަކުގައި ދައްކައި، ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
މިހާރު ކުރިއަށްދާ 2026 ވަނަ އަހަރު، ޖިއޯ ސްޓޫޑިއޯސްގެ ކާމިޔާބީގެ ހެޓްރިކް ފުރިހަމަކޮށްދިނީ ދާދި ފަހުން ރިލީޒްކުރި "ދުރަންދަރު: ދަ ރިވެންޖް" އިންނެވެ. މި ފިލްމު ރިލީޒްކުރިތާ އެންމެ ހަފުތާއެއްގެ ތެރޭގައި 500 ކްރޯޑްގެ މަރުހަލާ ވަނީ ކަނޑައްތުކޮށްފައެވެ. އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މި ފިލްމަށް ލިބެމުންދާ ތަރުހީބު ވަރަށް ބޮޑެވެ.
ޖިއޯ ސްޓޫޑިއޯސްގެ މި ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވީ އެ ސްޓޫޑިއޯގެ ވެރިޔާ ޖްޔޯތީ ދޭޝްޕާންޑޭއެވެ. އޭނާގެ ހަރުދަނާ ލީޑަޝިޕްގެ ދަށުން، އެ ސްޓޫޑިއޯއިން ދަނީ އާދަޔާ ހިލާފު މޮޅު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، ފެންވަރު ރަނގަޅު ބޮޑެތި ފިލްމުތަކެއް އުފައްދައި، އިންޑިއާގެ ފިލްމީ ސިނާއަތުގައި އާ މިންގަނޑުތަކެއް ކަނޑައަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު