ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސައިޓެއްގެ ތެރޭގައި ބިދޭސީއަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާ އިން ބުނީ ބަންގްލަދޭޝް ރައްޔިތަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި، ރަހީނުކޮށްފައި ހުރި މީހާ ވިލިމާލެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެެ.
ފުލުހުން ބުނިގޮތުގައި އަނިޔާ ލިބުނު މީހާ ސަލާމަތްކުރުމަށްފަހު، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 5 ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ.
އެއީ:
އެމްޑީ ހޮސައިން (30 އަހަރު)
އެމްޑީ މެހެދި ހަސަން (34 އަހަރު)
އެމްޑީ ޝާ އަލަމް (39 އަހަރު)
ސާފިފް ހަސަން (38 އަހަރު)
ރަސަލް (20 އަހަރު)
މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެެެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު