ހޮރްމޫޒް ކަނޑުއޮޅީގައި އުފެދިފައިވާ 'ޑި ފެކްޓޯ ބްލޮކޭޑް' ނުވަތަ ދަތުރުފަތުރަށް ހުރަސްއެޅިފައިވާ ހާލަތުގެ ސަބަބުން، މެދުއިރުމަތީގެ ހަކަތައަށް ޖަޕާނުން ބަރޯސާވެފައިވާ މިންވަރު ހާމަވެއްޖެއެވެ.
އެމެރިކާ، އިސްރާއީލް އަދި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމާ ގުޅިގެން، ތެޔޮ އުފުލާ ޓޭންކަރުތަކުގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. މީގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ޖަޕާނުގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، 2024 ވަނަ މާލީ އަހަރު ޖަޕާނުން އިމްޕޯޓްކުރި ސާފުނުކުރާ ތެލުގެ 95.9 އިންސައްތައަކީ މެދުއިރުމަތީގެ ގައުމުތަކުން އެތެރެކުރި ތެލެވެ. މީގެ ތެރެއިން 80 އިންސައްތަ ތެޔޮ ހިއްސާކުރަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ސައުދީ އަރަބިއްޔާއިންނެވެ. ބާކީ ބައި ފޯރުކޮށްދެނީ ކުވައިތާއި ގަތަރުންނެވެ.
މި ނާޒުކު ހާލަތާ ގުޅިގެން ޖަޕާނުގެ އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓްރީން ވަނީ، ގައުމުގެ ސްޓްރެޓެޖިކް ތެލުގެ ރިޒާވް ބޭނުންކުރަން ޖެހިދާނެތީ އެކަމަށް ތައްޔާރުވުމަށް ތެޔޮ ރައްކާކުރާ ފެސިލިޓީތަކަށް އަންގާފައެވެ. މިއީ ކުރު މުއްދަތަކަށް ސަޕްލައި ހިފެހެއްޓުމަށް އެޅޭ ފިޔަވަޅެއް ނަމަވެސް، ދިގު މުއްދަތަކަށް ތެޔޮ ލިބުން މެދުކެނޑިއްޖެނަމަ މިއީ ދެމެހެއްޓެނިވި ހައްލެއް ނޫން ކަމަށް މާހިރުން ބުނެއެވެ.
މި މައްސަލައިގައި ޖަޕާނަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ ގާނޫނީ އަދި ސްޓްރެޓެޖިކް ދާއިރާއިންނެވެ. އެއީ މި ހާލަތަކީ "ދިރިހުރުމަށް ނުރައްކާވާ ހާލަތެއް" ކަމަށް ކަނޑައެޅުމެވެ. ނަމަވެސް ޑިފެންސް މިނިސްޓަރު ކޮއިޒޫމީ ޝިންޖިރޯ ވިދާޅުވީ، މިހާރު އޮތް ދަތިތަކަކީ އަދި އެ ދަރަޖައިގެ ނުރައްކަލެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
މި ބަހުސަކީ 2015 ވަނަ އަހަރު ގެނެވުނު ގާނޫނީ އިސްލާހުތަކާ ގުޅިގެން ފެށުނު ބަހުސެކެވެ. ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މީގެ ކުރިން ވިދާޅުވެފައިވަނީ، ހޯރމުޒް ކަނޑުއޮޅި ބަންދުވުމަކީ ހަމައެކަނި އިގްތިސާދީ މައްސަލައެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް ހުރަސްއެޅި، ގައުމުގެ ދިރިހުރުމާ ގުޅިފައިވާ ކަމެއް ކަމަށެވެ.
ޖަޕާނުން އަސްކަރީ ގޮތުން ރައްދު ދޭން ނިންމި ނަމަވެސް، އެ ގައުމުގެ ގާނޫނު އަސާސީ އޮތްގޮތުން އެކަން ކުރެވޭނީ ވަރަށް ބޮޑަށް ލިމިޓް ކުރެވިގެންނެވެ. އެގޮތުން މެރިޓައިމް ސެލްފް ޑިފެންސް ފޯސް ފޮނުވައިގެން ކަނޑުގެ މައިންތައް ނައްތާލުމުގެ އޮޕަރޭޝަންތައް ހިންގުނު ނަމަވެސް ހަނގުރާމައިގެ ސަރަހައްދެއްގައި މިފަދަ ހަރަކާތްތައް ހިންގުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވާނެ ކަމެކެވެ.
އެހެންކަމުން ޖަޕާނު ސަރުކާރުން މިވަގުތު އިސްކަންދެނީ އިގްތިސާދީ ފިޔަވަޅުތަކަށާއި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށެވެ. އެހެންނަމަވެސް، ހަކަތަ ލިބުމަށް ދިގު މުއްދަތަކަށް ބުރޫއަރައިފިނަމަ، ޖަޕާނަށް އެ ގައުމުގެ ދިފާއީ ސިޔާސަތު މުރާޖައާކޮށް، "ދިރިހުރުމަށް ނުރައްކާވާ ހާލަތު" އިއުލާންކުރަން މަޖުބޫރުވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު