މީހަކު ހިފަހައްޓައި އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ފަސް މީހެއްގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.
އެއީ އެމްޑީ ހޮސައިން (30އ)، އެމްޑީ މެހެދި ހަސަން (34އ)، އެމްޑީ ޝާ އަލަމް (39އ)، ސަރފިފް ހަސަން (38އ) އަދި ރަސަލް (20އ) އެވެ. މި އެންމެންގެ މައްޗަށް ވެސް ކުރަނީ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި އަނިޔާކުރުމުގެ ތުހުމަތެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ، މި މީހުން ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެ ކަމުގެ އިހުތިމާލު އޮތުމުން ބަންދުގައި ބޭތިއްބުމަށް ނިންމީ ކަމަށެވެ.
މި މައްސަލައިގައި މި ފަސް މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓާއި، އިންސިޑެންޓް ފޯމާއި، އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތަކުގެ އިތުރުން، ސީނަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި މަންޒަރު ދުށް މީހުންގެ ބަޔާންތައް ހިމެނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު