ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައި، ދެ ދައުރު އެއްކޮށް ނިމި، އެކީގައި ފެށޭގޮތަށް ބަދަލުކުރުމަކީ ދިވެހިރާއްޖެ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓި، ޤައުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ،ޕީއެންއެފް އިން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޗަގޯސް ޖަލްސާގައި ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ އޭގެ ޒާތުގައި "އެބްސޮލިއުޓް" ނުވަތަ މުޠުލަޤު ބާރެއް އޮންނަ ބޭފުޅެއް ނޫން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކޮންމެ ކަމެއް މަޖިލީހުން ވެލިޑޭޓް ކޮށް ނުވަތަ އެކަމަކާ މެދު މަޖިލީހުން ގޮތެއް ނިންމަންޖެހޭ ކަމަށާއި، އެންމެ ބާރުގަދަ ފަރާތަކީ ރައްޔިތުން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ރައްޔިތުން ތަމްސީލުކޮށް، ރައްޔިތުންގެ ފަރާތުން މި ހުރިހާ ކަމެއް ނިންމާ ބަޔަކީ ރައްޔިތުންގެ މަޖިލިސް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ނެތް ޙާލަތެއްގައިވެސް ރައްޔިތުންގެ މަޖިލިސް އޮންނަންޖެހޭ. މަޖިލީހުގެ ދައުރު ހުސްނުވެ އޮންނަންޖެހޭނެ. ރައްޔިތުންގެ މަޖިލިސް ނޯންނާނެ ޙާލަތެއް މެދުވެރިކުރުމަކީ 'ނޫނެކޭ' ބުނަންޖެހޭ ސަބަބު،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ކަން އޮތްގޮތުން މަޖިލީހުގެ ދައުރު ހުސްވަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހުސްވުމުގެ ކުރިންނެވެ. ނަމަވެސް، ދެ އިންތިޚާބު އެއްކޮށްލައިފިނަމަ، ދައުރު ނިމެން ދާއިރު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ގޯސް ކަންކަމަށް ޖަވާބުދާރީ ކުރުވުމުގެ އެއްވެސް "އިންސެންޓިވް" އެއް ނުވަތަ ޝައުޤުވެރިކަމެއް މަޖިލިސް މެންބަރުންގެ ނޯންނާނެ ކަމަށާއި ސަބަބަކީ އެ މެންބަރުންގެ ދައުރުވެސް އެއާއެކު ހަމަވާތީ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހުސްވެގެން ދާއިރުވެސް މަޖިލިސް އޮންނަންޖެހޭ ސަބަބަކީ، ފަހު ނޭވާލަންދެންވެސް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންކަމަކީ ޤާނޫނުގެ ތެރެއިން ރައްޔިތުންގެ މަސްލަހަތަށް ކުރާ ކަމެއްތޯ ބެލުމުގެ ހަމައެކަނި ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށްވާތީ. އެއީ ޖުޑިޝަރީއެއްވެސް ނޫން،" ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ދެ އިންތިޚާބު އެއްކޮށްލުމަކީ ޤާނޫނުއަސާސީއާއި ޤައުމުގެ މަސްލަހަތު ދަމަހައްޓާނެ ފަރާތެއް ނެތި، މުޅި ނިޒާމު ހުސްކަމެއްގެ ތެރެއަށް ދާނެ ކަމެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ. އަދި ޖުޑިޝަރީއަކީ މިފަދަ ޙާލަތެއްގައި އިދާރީ ގޮތުން ކަންކުރަންވީގޮތް ބުނެދެވޭނެ ބައެއް ނޫން ކަމަށާއި، ވަކިން ޚާއްޞަކޮށް މިހާރުގެ ޖުޑިޝަރީ އޮތީ "ފިޔަކޮށާލާފައި" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަންކަން ކުރައްވަނީ ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނެތި، އަމިއްލަ ޖާހާއި ތަނަވަސްކަން އިތުރުކުރެއްވުމަށް ކަމަށެވެ. އަދި މިހާރު އޮތް މަޖިލީހަކީވެސް ރައްޔިތުންގެ ޒިންމާ އަދާކުރާ ބައެއް ނޫން ކަމަށާއި، އެ މެންބަރުން ރައްޔިތުން ބޮލާލާ ޖަހާފައިވާ ކަމަށްވެސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު