ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހަޅާ ހުށަހެޅުމަށް އީރާނުން މާ ލަސްވުމުގެ ކުރިން ޖަވާބު ދޭން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން އެއްބަސްވުމަކަށް 'އާދޭސް' ކުރަމުން ދާކަމަށް ބުނާ ވާހަކަ ތަކުރާރު ކުރަށްވައި ތެހެރާނުން ރަނގަޅުވާނީ އަވަހަށް ސީރިއަސްވުން ކަމަށް ވިދާޅުވެފައެވެ. އަދި މާ ލަސްވުމުގެ ކުރިން އެކަމަށް ގޮތެއް ނިންމުމަށް ޓްރަމްޕް ވަނީ އީރާނަށް ގޮވާލައްވާފައެވެ.
މި ހަފްތާގެ ކުރީކޮޅު ޕާކިސްތާން މެދުވެރިކޮށް ތެހެރާނަށް ފަނަރަ ނުކުތާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނެއް ޓްރަމްޕް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ވަނީ ލިބިފައެވެ. ނަމަވެސް އީރާނުން ވަނީ މަޝްވަރާގެ ކުރިމަގާ މެދު ތަފާތު ސިގްނަލްތަކެއް ދީފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ، ތެހެރާނުން އެ ހުށަހެޅުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ. ބައެއް މީޑިއާތަކުން ބުނެފައިވަނީ އީރާނުގެ އޮފިޝަލުން އެންމެ ކުޑަމިނުން އެ ހުށަހެޅުން މުރާޖައާ ވެސް ކުރަމަކުން ނުދާ ކަމަށެވެ.
ދައުލަތުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކުގައި އީރާނުން ބައިވެރިވެފައި ނުވާ ކަމަށާއި އެއްވެސް މަޝްވަރާއެއް ރޭވިފައި ނުވާ ކަމަށެވެ. އެމެރިކާއިން އީރާނަށް އެހެން ގައުމުތައް މެދުވެރިކޮށް މެސެޖުތައް ފޮނުވަން މަސައްކަތް ކުރިކަން ގަބޫލު ކުރެއްވި ނަމަވެސް އެއީ ވާހަކައެއް ނޫން ކަމަށާއި، މަޝްވަރާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޓްރޫތް ސޯޝަލް އެޕްގައި ލިޔުއްވަމުން ޓްރަމްޕް ވިދާޅުވީ އީރާނުން މުއާމަލާތްކުރާ މީހުންނަކީ ވަރަށް ތަފާތު އަދި އާދަޔާ ހިލާފު ބައެއް ކަމަށެވެ.
"އެމީހުން އަހަރުމެންނަށް އާދޭސް ކުރަނީ ޑީލެއް ހަދަން. އެއީ އެމީހުން އަސްކަރީ ގޮތުން ނައްތާލެވިފައި އޮތުމުން އެނބުރި އައުމުގެ ފުރުސަތު ސުމެއްގަ އޮތީމަ. އަދިވެސް އެމީހުން ބުނަނީ އެމީހުން ހަމައެކަނި އަހަރުމެންގެ ހުށަހެޅުމަށް ބަލަނީކަމަށް. ނުބައި. އެމީހުން ރަނގަޅުވާނީ އަވަހަށް ސީރިއަސް ވެގެން މާ ލަސްވުމުގެ ކުރިން މިކަމާ އުޅުނިއްޔާ. ސަބަބަކީ ކަމެއް އެއްފަހަރު ދިމާވުމުން، 'ދެއާރ އިސް ނޯ ޓާރނިންގ ބެކް'." ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު