ރޭގެ މެޗްގައި ޖަރުމަންގެ ގޯލް ކާމިޔާބު ކުރަނީ
ރޭގެ މެޗްގައި ޖަރުމަންގެ ގޯލް ކާމިޔާބު ކުރަނީ
ޔުއެފާ ނޭޝަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ފަހަރަށް ޖަރުމަނު މޮޅުވެއްޖެއެވެ.

ރޭ ކިއޭވްގައި ޔުކްރެއިނާ ދެކޮޅަށް ކުޅުނު މެޗު ޖަރުމަނުން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގައި ޖަރުމަނުން ނިންމާލީ މޮޅެއް ނުހޯދަ އެވެ. މި ފަަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސްޕެއިނާ އެއްވަރުވިއިރު، ދެ ވަނަ މެޗުން ސްވިޒަލެންޑާ ވެސް ވީ އެއްވަރެވެ.

ރޭގެ މެޗުގައި ޖަރުމަނުގެ މަތެއަސް ޖިންޓާ ލަނޑެއްޖަހައި ކުރިހޯދި އިރު ލީޑް އިތުރަށް ފުޅާކޮށް ދިނީ ލިއޯން ގޯޓްޒެކާގެ ލަނޑުންނެވެ. އެންމެފަހުން ގައުމީ ޖާޒީގައި ކުޅުނު ހަތަރު މެޗުގައި ވެސް އޭނާ ވަނީ ލަނޑުޖަހާފައެވެ. ޔޫކްރެއިން ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުން ރުސްލާން މިލްނޮވިސްކީއެވެ.

މިއީ ނޭޝަންސް ލީގުގައި ކުޅުނު 7 ވަނަ މެޗުން އެޓީމު ހޯދި ފުރަތަމަ މޮޅެވެ. 70،000 މީހުން ޖާގައިގެ ސްޓޭޑިއަމް ރޭގެ މެޗު ބެލުމަށް ވިހިހާސް މީހުން ދަނޑަށް ވަނުމުގެ ހުއްދަ ވަނީ ދީފައެވެ.

މި މޮޅާއެކު ޖަރުމަނު އޮތީ ފަސްޕޮއިންޓާއެކު ގުރޫޕްގެ ދެވަނައިގައެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތް ސްޕެއިން ވަނީ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ސްވިޒަލެންޑް އަތުން 1-0 އިން މޮޅުވެފަ އެވެ. ސްޕެއިންގެ ހަމައެކަނި ގޯލު ޖެހީ ރެއާލް ސޮސިއެޑާޑްގެ ފޯވާޑް މިކޭލް އޮޔާޒަބާލް އެވެ.

ނޭޝަންސް ލީގުގައި މިރޭވެސް ފޯރިގަދަ މެޗްތަކެއް ކުޅޭނެއެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވެނީ ފްރާންސާއި ޕޯޗުގަލް ބައްދަލުކުރާ މެޗެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން