މުޖުތަބާ ހާމަނާއީ އަދި ޑޮނާލްޑު ޓުރަމްޕު
މުޖުތަބާ ހާމަނާއީ އަދި ޑޮނާލްޑު ޓުރަމްޕު
މެދުއިރުމަތީގެ ހަމަނުޖެހުން ސުލްހަވެރިކަމާއިއެކު ނިންމާލުމަށް އެމެރިކާއިން ހުށަހެޅި ޝަރުތުތަކަށް އިންކާރުކޮށް، އީރާނުން އެމެރިކާއަށް ހުށައެޅި ޝަރުތުތަކެއް ހުށަހަޅާފައިވާއިރު އޭގެތެރޭގައި އިސްރާއީލުން އެމެރިކާގެ ހިޔަލުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށް ޝަރުތުކޮށްފައި ނެތުމުން އާންމުން ސޯޝަލް މީޑިޔާގެ އެކި މަންސަ ތަކުގައި ގިނަ ބަހުސްތަކެއް މިހާރު ދަނީ ކުރަމުންނެވެ.

ސުލްހަވެރިކަމާއިއެކު ނިންމާލުމަށް އެމެރިކާއިން ހުށަހެޅި ޝަރުތުތަކަށް އިންކާރުކޮށް، އީރާނުން އެމެރިކާއަށް ޝަރުތުތަކެއް ހުށައަޅާފައިވާކަން ޓެހެރާން ނިއުސް އިން ކަށަވަރުކޮށްދީފަައިވާއިރު، އެ ޝަރުތުތަކުގެ ތެރޭގައި ފަލަސްތީނުގެ ވާހަކައެއް ހިމަނާފައެއް ނުވެއެވެ.

އީރާނުން ހުށައެޅީ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ޝަރުތަކީ އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ އުދުވާނީ ހަރަކާތްތަކާއި މީހުން މެރުން، ވަގުތުން ވަގުތަށް ހުއްޓާލުމެވެ. އެމެރިކާއާއިއެކު އަވައްޓެރި ހުރިހާ ގައުމަކުންވެސް ހަނގުރާމަ އެއްކޮށް ހުއްޓާލަން އީރާނުން ވަނީ ޝަރުތުކޮށްފައެވެ. އޭގެ އިތުރުން، ހަނގުރާމައިގައި އީރާނަށް ލިބުނު ހުރިހާ ގެއްލުމަކަށް ފުރިހަމަ ބަދަލު އެމެރިކާއިން ދިނުމަށް އީރާނުން ވަނީ ހުށައަޅާފައެވެ. އެންމެ މުހިއްމު ކަމަކަށް އީރާނުން އެދިފައިވަނީ ހޮރުމޫޒު ކަނޑުއޮޅި މައްޗަށް އީރާނުގެ އިސްތިގުލާލީ ހައްގު ބައިނަލްއަގުވާމީ ފެންވަރުގައި ކަށަވަރުކޮށްދިނުމަށެވެ. އަދި އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ މައްޗަށް ހަނގުރާމަ އަލުން ލާޒިމު ނުކުރެވޭނެ ގޮތަށް ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމަށްވެސް އީރާނުން ވަނީ ހުށައަޅާފައެވެ.



އީރާނުގެ ހަނގުރާމަ ހުއްޓާލުމަށް ކުރި ޝަރުތުތަކުގައި އިސްރާއީލުން އެމެރިކާގެ ހިޔަލުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށް ގޮވާލައިފައެއް ނުވެއެވެ. އީރާނުގެ މި ޝަރުތުތަކުގެ ސަބަބުން އެ މީހުންގެ ނިޔަތާއި މެދު ސުވާލު އުފައްދާ އާންމުން ސޯޝަލް މީޑިޔާގެ އެކި މަންސަ ތަކުގައި ގިނަ ބަހުސްތަކެއް މިހާރު ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު