މަޝްހޫރު ފަންނާނު ނޯރާ ފަތޭޙާން އިންޑިއާއިން ޑީޕޯޓްކުރަން އުޅޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ލިބިފައެވެ. ނަމަވެސް، މި ވާހަކަތަކުގެ ހަޤީޤަތަށް ބަލާއިރު، އޭނާ ޤައުމުން ބޭރުކުރުމަށް މިހާތަނަށް އެއްވެސް ރަސްމީ އަމުރެއް ނެރެފައެއް ނުވެއެވެ. މި މައްސަލަ މިހާރު އޮތީ ބަލައި މުރާޖައާކުރުމުގެ މަރުހަލާގައެވެ.
މި މައްސަލަ ފެށިގެން އައީ "ކޭޑީ: ދި ޑެވިލް" ކިޔާ ފިލްމުގައި ހިމެނޭ "ސަރްކޭ ޗުނަރް ތޭރީ ސަރްކޭ" މި ލަވައާ ގުޅިގެންނެވެ. މި ލަވައިގެ ހިންދީ ވާޝަންގައި ބޭނުންކޮށްފައިވާ ބައެއް ލަފުޒުތަކަކީ ދެމާނަ އެކުލެވޭ، ބޭއަދަބީ ބަސްތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޚާއްޞަކޮށް، އަންހެނުންގެ ކަރާމާތަށް އުނިކަންލިބޭ ފަދަ ދަށު ދަރަޖައިގެ ބަސްތަކެއް ލަވައިގައި ހިމަނާފައިވާތީ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ މިކަމަށް އަމާޒުވެފައެވެ.
މި މައްސަލަ ބޮޑުވެ، އިންޑިއާ ސަރުކާރުން ވަނީ އެ ލަވަ މަނާކޮށް، ސޯޝަލް މީޑިއާ އާއި އެކި ޕްލެޓްފޯރމް ތަކުން މި ލަވަ ނެގުމަށް އަމުރުކޮށްފައެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، އިޖުތިމާއީ އަދަބު އަޚްލާގާ ގުޅުންހުރި ކަންކަމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކި އިންތަކެއް ކަނޑައެޅިފައިވެއެވެ.
މި މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ، 10 ޤާނޫނީ ވަކީލުންގެ ގްރޫޕަކުން އިންޑިއާގެ ހޯމް މިނިސްޓްރީއަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެންނެވެ. އެ ފަރާތްތަކުން ވަނީ ނޯރާ ފަތޭޙާންގެ ވޯކް ޕާމިޓް ބާތިލުކޮށް، އޭނާ ގައުމުން ޑީޕޯޓްކުރުމަށް ގޮވާލައި، ހަރުކަށި ފިޔަވަޅު އެޅުމަށް އެދިފައެވެ. ވަކީލުން ތުހުމަތުކުރާ ގޮތުގައި، ބޭރުގެ ފަންނާނެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ އިމްތިޔާޒުތަކުގެ ބޭނުން އޭނާ ވަނީ ނަހަމަ ގޮތުގައި ހިފާފައެވެ.
މި މައްސަލައާ ގުޅިގެން ސިޔާސީ އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ސަމާލުކަން ވެސް ވަނީ ލިބިފައެވެ. އެގޮތުން 'ނޭޝަނަލް ކޮމިޝަން ފޯ ވުމަން' އާއި 'އުއްތަރަ ޕްރަދޭޝް ވުމަންސް ކޮމިޝަން' އިން ވެސް މިކަން ބަލަން ފަށާފައިވާއިރު، ނޯރާގެ މަސައްކަތްތައް މަނާކުރުމަށް ވަނީ ލަފާދީފައެވެ. މީގެ އިތުރުން ދީނީ އިލްމުވެރިންނާއި ޖަމާއަތްތަކުން ވެސް މި ބަހުސްގައި ބައިވެރިވުމާ ގުޅިގެން އާންމުންގެ ފިއްތުންތައް ވަނީ އިތުރުވެފައެވެ.
މި ހުރިހާ ތުހުމަތުތަކަކާ ގުޅިގެން ނޯރާ ފަތޭޙާން ބުނެފައިވަނީ، އޭނާއަށް ކަންނަޑާ ބަސް ނޭނގޭ ކަމަށެވެ. އަދި ލަވައިގެ ބަސްމަގު ހުރި ގޮތުގެ ޒިންމާ އުފުލަންޖެހޭނީ އޭނާގެ ހުށަހެޅުމަށްވުރެ ބޮޑަށް، އެ ލަވަ އުފެއްދި ފަރާތްތަކުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ނޯރާ ބުނި ގޮތުގައި އޭނާ އެ ލަވަ ކުޅެން އެއްބަސްވީ ސަންޖޭ ދަތު ކަހަލަ ލެޖެންޑް އަކާ އެއްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭތީއެވެ. މި މައްސަލައިގައި ލަވަކިޔުންތެރިޔާ މަންގްލީ ވެސް ވަނީ އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.
ނުރުހުންތަކާއި ޤާނޫނީ މައްސަލަތައް ކުރިމަތިވި ނަމަވެސް، ނޯރާ ޑީޕޯޓްކުރުމަށް މިހާތަނަށް އެއްވެސް ރަސްމީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ކުރިއަށް އޮތް ތަނުގައި ކަމާބެހޭ އިދާރާތަކުން މިކަމުގައި ވަކި ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. އޭނާ ޤައުމުން ޑީޕޯޓްކުރުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ކަމަށް ވިޔަސް، ކުށެއް ސާބިތުނުވާހާ ހިނދަކު އެއީ ވުން ދުރު ކަމެއް ކަމަށް މާހިރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު