ރިބާހް ހުސައިން (ލިޔަން ސޮރަ)   25 މާރިޗު 2026 - 19:56
އެންޓޮނީ އަލްބަނީސް
އެންޓޮނީ އަލްބަނީސް
އޮސްޓްރޭލިޔާއިން 6 މަސް ދުވަހަށް، އީރާން ފާސްޕޯޓަށް ވިޒިޓާސް ވިސާ ދިނުން ހުއްޓާލައިފިއެވެ.

އޮސްޓްރޭލިޔާގެ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ، މިހާރު މެދުއިރުމަތީގެ މަސްރަހަށް ބަލާ ގައުމަށް ރައްކާތެރި ފިޔަވަޅެއް ގޮތުގައެވެ.



އޮސްޓްރޭލިޔާގެ އިތުރުން ސީރިޔާވެސް ވަނީ ވަގުތީ ގޮތުން އީރާން ޕާސްޕޯޓަށް ވިސާ ދިނުން ހުއްޓާލައިފައެވެ. އެއީ، ހަނގުރާމައިގެ މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ އީރާނުގެ ރައްޔިތުން ގައުމުތަކަށް ގޮސް އެ ގައުމުތަކުގައި ރަށްވެހިވާން މަސައްކަތް ކުރާނޭ ކަމަށް ބެލެވޭތީ، މި ގައުމުތަކުން އަޅާފައިވާ ސަލާމަތީ ފިޔަވަޅެކެވެ.

މީގެ އިތުރުން އެމެރިކާ، ލިބްޔާ، ކުވައިތު އަދި ޔަމަންއިންވެސް ވަނީ، ކުރިއަށް މިދާ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން އީރާންގެ ޕާސްޕޯޓު އެއްކޮށް ބޭން ކޮށްފައެވެ. ގިނަ ގައުމުތަކަކުން މިކަހަލަ ސަލާމަތީ ފިޔަވަޅުތައް އަޅަމުން އަންނަކަމަށް ރިޕޯޓުތައް ބުނާއިރު، އީރާނެކޭ އެއްފަދައިން އިސްރާއީލުގެ ޕާސްޕޯޓު ބޭން ކޮށްފައިވާ ގައުމުތައްވެސް ވަރަށް ގިނައެވެ.



ކިޔުންތެރިންގެ ހިޔާލު