ކެއިންބުއިމަށް ބޭނުންވާ މުހިންމު ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނައުމުގެ ހުއްދަ ނުލިބި އަށް މަސް ދުވަސް ވަންދެން މަޑުކުރަން ޖެހުމުގެ ސަބަބުން، ބަލި ހާލަތުގައި އޮތް ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ސެރެބްރަލް ޕަލްސީ ބަލި ތަހައްމަލު ކުރަމުންދިޔަ އުމުރުން 6 އަހަރުގެ އިބްރާހިމް އަޒާން ސުހައިލްއެވެ. މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އަޒާންގެ މަންމަ އާމިނަތު ޔަޝްފާ ސޯޝަލް މީޑިއާގައި ކުރި އަސަރުގަދަ ޕޯސްޓުތަކަކާ ގުޅިގެންނެވެ.
ޔަޝްފާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އަޒާންގެ ކާއެއްޗެހި ގޮހޮރަށް ފޮނުވުމަށް ބަނޑަށް ލައްވަންޖެހޭ ހާއްސަ ހޮޅިކޮޅު (ފީޑިންގ ޓިއުބް) ބަދަލުކުރަން ޖެހިފައިވާތާ މިހާރު ވަނީ އަށް މަސް ދުވަސް ވެފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު އެސްޓީއޯ މެދުވެރިކޮށް މި ހޮޅިކޮޅުގެ ދެ ކޮޅެއް ގެނައުމަށް އޯޑަރު ކުރި ނަމަވެސް، އެ ތަކެތި ލިބޭގޮތް ވަނީ ނުވެފައެވެ.
މި މަހުގެ 16 ވަނަ ދުވަހު ޔަޝްފާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެސްޓީއޯ ފާމަސީން އޭނާއަށް ގުޅައި، އެންސްޕާއިން އެ ހޮޅިކޮޅު ގެނައުމުގެ ހުއްދަ ދީފައި ނުވާތީ އަދިވެސް އޯޑަރު ނުކުރާކަމަށް ބުނެފައިވާ ކަމަށެވެ. "މިއީ މިކުއްޖާ ކެއިންބުއިން އެތެރެވާ ހަމައެކަނި މަގު،" ކަމަށް ބުނެ ޔަޝްފާ ވަނީ ދައުލަތުގެ އިދާރާތަކުގެ އެހީތެރިކަމަށް އާދޭސްކޮށްފައެވެ.

ކުއްޖާގެ މަންމަގެ ފޭސްބުކް ޕޯސްޓް
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހޮޅިކޮޅަކީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އާއި އަމިއްލަ ފާމަސީތަކުން ވެސް މިވަގުތު ސްޓޮކް ހުސްވެފައިވާ އެއްޗެކެވެ. މީގެ ކުރިން ބޭސް ސިޓީއަށް އެސްޓީއޯއިން ލިބޭ މި ހޮޅިކޮޅަކީ އިންޑިއާއިން ގާތްގަނޑަކަށް 100 ޑޮލަރަށް ލިބޭ އެއްޗެއް ނަމަވެސް، ފަހަކަށް އައިސް ބައެއް ފަރާތްތަކުން އެ 13،000 ރުފިޔާއަށް ވިއްކަމުންދާ ކަމުގެ ޝަކުވާތައް ވެސް ވަނީ ފެންމަތިވެފައެވެ.
އަޒާން ނިޔާވީ މި ހޮޅިކޮޅު ނުލިބިގެން އާއިލާއިން އިންތިހާއަށް ކަންބޮޑުވުމުގައި ވަނިކޮށް، މިދިޔަ ބުދަ ދުވަހުއެވެ. ކުއްޖާ ނިޔާވުމުގެ ކުރިން ރާއްޖޭގެ މީޑިއާއަކަށް ޔަޝްފާ ބުނެފައިވަނީ އައިޖީއެމްއެޗްގެ ޕްރޮކިއުމެންޓުން ގުޅާފައި އެ ތަކެތި ލިބިއްޖެ ކަމަށް ބުނި ނަމަވެސް، އޭރު ވަގުތު ފާއިތުވެފައިވާ ކަމަށެވެ.
"ދަރިފުޅު މިހާރު އޮތީ ގާތްގަނޑަކަށް ގޮސްފައި. އޭނާ އެދަނީ އެންމެ ފަހު ނޭވާ ލަމުން. އައިޖީއެމްއެޗްގައި އޮތީ. ކުރީ ދުވަހު އައިޖީއެމްއެޗް ޕްރޮކިއުމެންޓް އިން ގުޅާފައި ބުނި އޭތި ލިބިއްޖެޔޭ. އެބައޮތް ލިބިފައި. އެކަމަކު މިހާރު މާ ލަސްވެއްޖެ،" ހިތާމައާއެކު ޔަޝްފާ ބުނެފައިވެއެވެ.

ކުއްޖާގެ މަންމަގެ މެސެޖެއް ކަމަށްބުނެ ދައުރުވާ މެސެޖެއް

މި މައްސަލައިގައި އެންސްޕާއާއި އެސްޓީއޯއާ ދެމެދު އިހުމާލުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. އެންސްޕާއިން ބުނަމުންދަނީ ލަސްވީ އެސްޓީއޯގެ ފަރާތުން ކަމަށެވެ. ނަމަވެސް އެސްޓީއޯއިން ބުނަނީ އެންސްޕާގެ ހުއްދަ ނުލިބި އޯޑަރު ނުކުރެވޭނެ ކަމަށެވެ. މިހާތަނަށް މިކަމާ ގުޅިގެން ދެ މުއައްސަސާއިން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ކުޑަ އަޒާންގެ ކަށުނަމާދު އޮތީ ބުދަ ދުވަހުގެ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރުގެ ސިއްހީ ނިޒާމުގެ ތެރޭގައި ހުރި މިފަދަ އިހުމާލުތަކަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު