ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގެ އިޖުރާއަތްތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
އަލީ ހުސައިން މި މައްސަލަ ހުށަހެޅީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިތާ 15 ދުވަސް ވީއިރުވެސް އެ ބިލާ މެދު ގޮތެއް ނިންމަވާފައި ނުވާތީއެވެ. އަލީ ހުސައިންގެ މައްސަލާގައިވަނީ، ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނާ އުސޫލުން ބިލު ތަސްދީގު ކުރަން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާފައިވާތީ، އެ ބިލަކީ މިހާރު ބާތިލްވެފައިވާ ބިލެއް ކަމަށެވެ. އެހެންކަމުން، އެ ބިލުގެ ދަށުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާ އެދިވަޑައިގަތެވެ.
މިކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ހުސައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ފަސް އަހަރު ކަމަށާއި، މި ބިލު ފާސްކޮށްފައި އޮތް ގޮތުންވެސް މަޖިލީހުގެ އުމުރަށް ބަދަލެއް ނާންނަ ކަމަށެވެ. "މިހާރު އޮތް މަޖިލީހުގެ އުމުރު ކުރިވިޔަސް ދެން ހޮވޭ މަޖިލީހެއް ހޮވޭނީ ފަސް އަހަރަށް. އުމުރަށް ބަދަލެއް އައިކަމަށް ނުބެލެވޭނެ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ރަޖިސްޓްރާ ވިދާޅުވީ، ބިލަކާމެދު ގޮތެއް ނިންމަން ގާނޫނުއަސާސީން ދީފައިވާ 15 ދުވަހުގެ މުހުލަތަށް އަމަލު ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ނުކުރަށްވަން ނިންމަވާ ހާލަތްތަކުގައެވެ. އަދި މި ބިލަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން މެނުވީ ތަސްދީގު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ބިލެއް ކަމަށްވާތީ، 15 ދުވަހުގެ ތެރޭގައި އެ ބިލަށް ގޮތެއް ނިންމަން ނުޖެހޭނެ ކަމަށް ރަޖިސްޓްރާ ކަނޑައެޅުއްވިއެވެ.
މި ރެފަރެންޑަމް ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގައެވެ. މިއީ ރައީސް މުއިއްޒު ނެރުއްވި ގަރާރަކުން ނިންމަވާފައިވާ ކަމެކެވެ. އެ ގަރާރުގައި ހިމެނޭ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދެ ވަކީލަކު ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުން ވަނީ ބަލައިގަނެ، އެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ތާވަލުކޮށްފައެވެ.
މީގެ އިތުރުން، އެމްޑީޕީގެ ފަރާތުންވެސް މި ވޯޓާ ގުޅޭ މައްސަލަތަކެއް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
އަންނަ އޭޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 294،937 މީހުންނަށް ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު