އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން، ބްރިޖު އެޅުމަށް އެންމެ އެކަށޭނަ ތިން ޑިޒައިންއެއް ކޮންސަލްޓެންޓުން ހުށަހަޅައިފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ އެ ސިޓީގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މުސްތަޤްބަލާ ގުޅިފައިވާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ، ބްރިޖުގެ ދިރާސާތަކާއި ޑިޒައިން މަސައްކަތް ކުރަމުންދާ މަޝްހޫރު ކުންފުނި "ޓީވައިލައިން" އިން މިހާރު ތިން އޮޕްޝަނެއް ދިރާސާކުރަމުންދާ ކަމަށެވެ. ކޮންސަލްޓެންޓުން ހުށަހަޅާފައިވާ ތިން އޮޕްޝަނަކީ ފްލޯޓިންގ ބްރިޖު، ކޮންޓިނުވެސް ރިޖެޓް ފުރޭމް ގާޑަރ ބްރިޖު އަދި ކޭބަލް ސްޓޭޑް ބުރިޖެވެ.
މިނިސްޓްރީން ބުނީ، ކަނޑުގެ ފުންމިނާއި ފުޅާމިނަށް ބަލައި، ބްރިޖުގެ ސުޕަރ ސްޓްރަކްޗަރ އަދި ސަބް ސްޓްރަކްޗަރއަށް އެންމެ އެކަށީގެންވާ ޑިޒައިންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢު ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ދިރާސާކުރެވުނީ ކޭބަލް ކާރު ނުވަތަ ބުރިޖެއް އެޅުމަށެވެ. ނަމަވެސް، އެލައިންމަންޓާއި، ބެތިމެޓްރިކް ސަރވޭ އަދި ޚަރަދަށް ބަލާއިރު އެންމެ "ފީސަބަލް" ނުވަތަ އެކަށީގެންވާ ގޮތަކީ ބްރިޖަކުން ދެ ރަށް ގުޅާލުން ކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ބްރިޖު އެޅުމަށް ތިން ރޫޓެއް ދިރާސާކުރުމަށްފަހު، އެންމެ އެކަށޭނަ ރޫޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 'ރޫޓް 2' އެވެ. މި ރޫޓުގައި ޖުމްލަ ހަތަރު ބްރިޖް ކްރޮސިން ހިމެނެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ކޮންސަލްޓެންޓް ހުށަހަޅާފައިވާ ކޮންސެޕްޓް ޑިޒައިން ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މަޝްރޫޢަށް ބޭނުންވާ ތިމާވެށީގެ ބައެއް ދިރާސާތައް މިހާރު ނިމިފައިވާއިރު، ޖިއޯޓެކްނިކަލް މަސައްކަތްތައް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ލަފާކުރާ ގޮތުގައި، މި މަޝްރޫޢުގެ ފީސިބިލިޓީ ޑޮކިއުމަންޓްތަކާއި، ޕްރެލިމިނަރީ ޑިޒައިން އަދި ޓެންޑަރ މަރުހަލާއަށް ބޭނުންވާ ޓެކްނިކަލް ލިޔެކިޔުންތައް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ. މިއީ އައްޑޫ ސިޓީގެ ރައްޔިތުންގެ ޒަމާންވީ އުންމީދުތަކާ ގުޅިފައިވާ، މުޅި ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ބަދަލެއް އަންނާނެ މަޝްރޫޢެކެވެ.

އައްޑޫ -ހިތަދޫ ހުޅުމީދޫ ބްރިޖު މަޝްރޫޢުގެ އަޕްޑޭޓް pic.twitter.com/3vA1pRrOup
— Ministry of Construction, Housing & Infrastructure (@MoCImv) March 25, 2026
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ކޮންސަލްޓެންޓް ހުށަހަޅާފައިވާ ކޮންސެޕްޓް ޑިޒައިން ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މަޝްރޫޢަށް ބޭނުންވާ ތިމާވެށީގެ ބައެއް ދިރާސާތައް މިހާރު ނިމިފައިވާއިރު، ޖިއޯޓެކްނިކަލް މަސައްކަތްތައް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ލަފާކުރާ ގޮތުގައި، މި މަޝްރޫޢުގެ ފީސިބިލިޓީ ޑޮކިއުމަންޓްތަކާއި، ޕްރެލިމިނަރީ ޑިޒައިން އަދި ޓެންޑަރ މަރުހަލާއަށް ބޭނުންވާ ޓެކްނިކަލް ލިޔެކިޔުންތައް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ. މިއީ އައްޑޫ ސިޓީގެ ރައްޔިތުންގެ ޒަމާންވީ އުންމީދުތަކާ ގުޅިފައިވާ، މުޅި ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ބަދަލެއް އަންނާނެ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ހިޔާލު