އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ އިސް ލީޑަރު ސޯނިއާ ގާންދީގެ ހާލުކޮޅު ދެރަވެގެން، އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ނިއު ދިއްލީގެ ސިރް ގަންގާ ރާމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ސޯނިއާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މޫސުމަށް އައި ބަދަލުތަކާ ގުޅިގެން ނޭވާލުމަށް އުނދަގޫތަކެއް ކުރިމަތިވެވަޑައިގަތުމުންނެވެ.
ސޯނިއާ ގާންދީ ހޮސްޕިޓަލަށް ގެންދެވުމާއެކު، އެކަމަނާގެ ދަރިކަލުން ރާހުލް ގާންދީ އާއި ދަރިކަނބަލުން ޕްރިޔަންކާ ގާންދީ ވަނީ ހޮސްޕިޓަލަށް ވަޑައިގެންފައެވެ. ހޮސްޕިޓަލުގެ މަސްދަރުތަކުން މައުލޫމާތު ދޭގޮތުގައި، ސޯނިއާގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ޑޮކްޓަރުންގެ ޓީމަކުން ދަނީ އެކަމަނާގެ ހާލުކޮޅު ގާތުން ބަލަމުންނެވެ.
މިއީ މި އަހަރުގެ ޖެނުއަރީ މަހަށްފަހު، ނޭވާލާ ނިޒާމުގެ މައްސަލައެއްގައި ސޯނިއާ މި ހޮސްޕިޓަލުގައި އެޑްމިޓްކުރި ދެވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު