ދުނިޔޭގެ ކުރިއެރުމާއި އިގްތިސާދީ ދުވެލި ހަލުވިކުރުމަށްޓަކައި، އެއްވެސް ހުރަހެއްނެތި ރައްކާތެރިކަމާއެކު މުދާ ދައުރުވުމުގެ މުހިންމުކަން ފާހަގަކޮށް، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ގޮވާލައިފިއެވެ.
ޔޫއޭއީގެ ފަރާތުން މިކަމަށް ގޮވާލާފައިވަނީ އެ ގައުމުގެ ފޮރިން ޓްރޭޑް މިނިސްޓަރު ތާނީ އަލް ޒަޔޫދީ މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. މިނިސްޓަރު ވިދާޅުވީ، މިނިވަން ވިޔަފާރިއަކީ ދުނިޔޭގެ ތަރައްގީއަށާއި، އިގްތިސާދީ ކުރިއެރުމަށް އަދި ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް އޮތް އެންމެ މުހިންމު ވަސީލަތް ކަމަށެވެ. އެހެންކަމުން، މިނިވަން ވިޔަފާރި ކުރިއެރުވުމަށް ޔޫއޭއީ އިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ޒަޔޫދީ ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި، ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ވިޔަފާރީގެ މަގުތަކަށް ކުރިމަތިވާ ހުރަސްތަކުން އަރައިގަތުމަށްޓަކައި، ދުނިޔޭގެ ސަޕްލައި ޗެއިން ވަރުގަދަ ކުރުމުގައި ޔޫއޭއީ އިން ދަނީ އިސްދައުރެއް އަދާކުރަމުން ކަމަށެވެ. މިގޮތުން، ކޮންމެ ފަދަ ދަތި ހާލަތެއްގައިވެސް މުދާ އުފުލުމުގެ ނިޒާމު ހުއްޓުމެއްނެތި ކުރިއަށްދާނެކަން ކަށަވަރުކުރުމަކީ އެ ގައުމުގެ މުހިންމު އަމާޒެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ވިޔަފާރިއަކީ ހަމައެކަނި އިގްތިސާދީ ކަމެއް ނޫން ކަމަށާއި، އެއީ ގައުމުތަކުގެ ހަމަޖެހުމާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ޒަޔޫދީ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ހުރިހާ ގައުމުތަކެއްގެ ލާބައާއި މަންފާއަށްޓަކައި، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި މުދާ ދައުރުވުމުގެ މަގު ފަހިކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ޔޫއޭއީ އިން ވަނީ ގޮވާލާފައެވެ.
ޔޫއޭއީ އިން މިކަމަށް ގޮވާލާފައިވާއިރު، އީރާނަށް އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު ސަޕްލައި ރޫޓު ކަމަށްވާ "ސްޓްރޭޓް އޮފް ހޮރްމޫޒް" ވަނީ ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު