ހުޅުމާލެ ފޭސް 1 ގައި ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހުއްޓުވައި ބަލައިފާސްކުރުމަށްފަހު، އެ މީހާ 2000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް 1 ގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މި މާރިޗު މަހުގެ 20 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ގެ ޗަނބޭލީ މަގުން ދެ މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕް އާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނު މީހާ ވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައި ކަމަށެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.
ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ދެއްކުމަށް ފަސޭހަކުރުމުގެ ގޮތުން، މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް ފޮނުވާނެ ކަމަށާއި، އޭގައި 'ވާރު ޕޭ' މެދުވެރިކޮށް ފައިސާ ދެއްކޭނެ ޕޭމަންޓް ލިންކެއް ހިމެނޭނެ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުތަކަށް ހުރިހާ ރައްޔިތުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު