މިއަދު އެމެރިކާގެ އަސްކަރީ ދެ ބޯޓެއް ރާއްޖޭގެ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރު) ހުރަސްކޮށް، އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާއަށް ދަތުރުކޮށްފިއެވެ.
މި ދަތުރުތަކުގައި ބައިވެރިވެފައިވަނީ ޔޫއެސް އެއާފޯސްގެ ބޮއިންގް C-17 ގްލޯބްމާސްޓަރ III އަކާއި ޔޫއެސް ނޭވީގެ C-40 ކްލިޕާ އެކެވެ. މި ދެ އުޅަނދަކީވެސް އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރާ ދެ ބޯޓެކެވެ.
ޔޫއެސް އެއާފޯސް އިން ބޭނުންކުރާ C-17 ގްލޯބްމާސްޓަރ III އަކީ މައިގަނޑު ގޮތެއްގައި ދުރު ރާސްތާއަށް ސިފައިންނާއި ބަރު މުދާ އުފުލުމަށް ބޭނުންކުރާ ސްޓްރެޓީޖިކް އެއާލިފްޓް ބޯޓެކެވެ. މީގެ އިތުރުން، ޔޫއެސް ނޭވީގެ C-40 ކްލިޕާ އަކީ އަސްކަރީ އިސްވެރިންނާއި ސިފައިން އެއްތަނުން އަނެއްތަނަށް އުފުލުމަށާއި، އެކި މިޝަންތަކަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ބޯޓެކެވެ.
މި ދެ ބޯޓުވެސް މިއަދު ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްފައިވަނީ ޑިއޭގޯ ގާސިއާގައި ހުންނަ އަސްކަރީ މަރުކަޒަށް ދިއުމަށް ކުރި ދަތުރުގައެވެ.

ކިޔުންތެރިންގެ ހިޔާލު