ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ގައުމު ބަނގުރޫޓުނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ސިފަކުރެއްވުމުން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ގައުމު ބަނގުރޫޓުވާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، މިހާތަނަށް ހިފަހައްޓާލެވިފައިވަނީ ރައީސްގެ "ފުރިހަމަ ވިސްނުންފުޅުގެ" ސަބަބުން ކަމަށެވެ. ނަމަވެސް، މިނިސްޓަރުގެ މި ވާހަކަފުޅާ އެކު، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާކަން އޭނާ އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގަތުމަކީ ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ހާއްސަކޮށް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅުވައި ތެލުގެ އަގު 100 އިންސައްތައަށްވުރެ ބޮޑުވެފައިވާއިރު، މީގެ ކުރިން ރައީސް މުއިއްޒު ވަނީ އިގްތިސާދު އޮތީ "ދުޅަހެޔޮކޮށް" ކަމަށާއި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް، މިއަދު މިނިސްޓަރު ސައީދު ވަނީ ދުނިޔޭގެ ބާޒާރުގެ ހާލަތަށް ފިލައި، ތަކެތީގެ އަގު ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. މިއީ ސަރުކާރުގެ ވައުދުތަކާ ހިލާފަށް ރައްޔިތުންގެ އަތުން ބޮޑު ނާލާއި ތެލުގެ އަގު ނަގަމުންދާ ދަނޑިވަޅެއްގައި، ރައްޔިތުންގެ ޖީބަށް ބުރަވާ ކަންކަމަށް އިހުމާލުވެ، "ބަނގުރޫޓު ނުވުމަކީ" ކާމިޔާބީއެއް ކަމަށް ބުނެ އަމިއްލަ ނަފްސަށް ސަނާ ކިޔުން ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން، ކޮންސްޓްރަކްޝަން ސާމާނާއި ކާބޯތަކެތީގެ އަގު އުފުލި، ބާޒާރުގައި ބައެއް ތަކެތި ލިބުން ދަތިވަމުންދާއިރު، ސަރުކާރުގެ ހަމައެކަނި އަމާޒަކީ "ތަކެތި ހުސްވިޔަ ނުދިނުން" ކަމަށް ބުނުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ސަރުކާރުން އަޅާނުލާކަމުގެ ހެއްކެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ. ތެލުގެ އަގު ދެގުނަ ބޮޑުވުމުން އާންމު ދަތުރުފަތުރާއި ހިދުމަތްތަކުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ސަރުކާރުން އިގްތިސާދީ ކާރިސާގެ ހަގީގީ މަންޒަރު ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު