މިހާރު ކުރިއަށްދާ މެދު އިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި ދަތި ކަމެއް ނެތި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، އަހަރު ދުވަހުގެ ތެޔޮ ރައްކާ ކުރެވޭ ފިއުލް ރިޒާވްއެއް ގާއިމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއީޒު ވިދާޅުވި ވިދާޅުވުމަކީ ހިޔާލީ ވާހަކައެއް ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ފަދަ މުހިންމު ވަސީލަތެއްގެ ގޮތުގައި ތެލުގެ ރިޒާވެއް އޮތުމަކީ ގައުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއީޒު ވިދާޅުވީ، އެއް އަހަރު ދުވަހުގެ ތެޔޮ ރައްކާ ކުރެވޭ ފިއުލް ރިޒާވްއެއް ރާއްޖޭގައި ގާއިމުކުރައްވާނެ ކަމަށެވެ. އަދި މިއީ ކުރިއަށް މިދާ މެދު އިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި ދަތި ކަމެއް ނެތި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރެވޭ ކަމެއް ކަމަށާއި އެކަމަށް ބޭނުންވާ ދިރާސާތައް މިހާރު ފަށާފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސްގެ މިވާހަކަ ފުޅަށް އިޝާރާތްކުރައްވައި އިސްމާއީލް ޒަރިޔަންދު، އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެކަމަކީ އިގްތިސާދީ ގޮތުން ނުވާނޭ ކަމެއް ކަމަށެވެ.
ޒަރިޔަންދު ވިދާޅުވި ގޮތުގައި އެއް އަހަރު ދުވަހުގެ ތެޔޮ ރައްކާ ކުރެވޭ ފިއުލް ރިޒާވްއެއް ގާއިމުކުރައްވާނެ އެ ވާހަކަ ފުޅަކީ ހިޔާލީ ވާހަކައެކެވެ. އަދި އެއީ ވިދާޅުވާން ފަސޭހަ، އެހެން ނަމަވެސް ކުރައްވަން ދަތި ކަމެއް ކަމުގައެވެ.
އެއަށް ބާރުދެމުން އޭނާ ވިދާޅުވީ މި މަސައްކަތް ނިންމުމަށް 550 - 900 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށާއި އަދި އެއީ ދިވެހި ރާއްޖޭގެ އިގްތިސާދުގެ 9 އިންސައްތަ ކަމަށެވެ. އޭގެ އިތުރުން، އަހަރު ދުވަހުގެ ތެލަކީ ލަފާ ކުރެވޭ ގޮތުގައި 400 މިލިޔަން ޑޮލަރު ކަމުގައި ވާއިރު މި ވަރުގެ ބޮޑު އަދަދެއް ތެލުގެ ސިފައިގާ ބަންދުކޮށްލުމަކީ ނުހަނު ދަތިކަމެއްކަމަަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، އެންމެ މުހިއްމު ކަމެއް ގޮތުގައި އޭނާ ފާހަގަކުރެއްވީ ތެލުގެ އަގަށް އަންނަމުން މިދާ ބޮޑު ބަދަލުތަކެވެ. އޭނާ ވިދާޅުވީ ތެލަށް މިހާ ބޮޑު ބަދަލުތަކެއް އަންނައިރު މިއީ ކުރަން ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. މެދު އިރުމަތީގެ މި ހަމަނުޖެހުންތަކުގެ ސަބަބުން މި ވަގުތު އަގު މައްޗަށް ދިޔަ ކަމުގައި ވިޔަސް، ފަހުން އަގު ދަށަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ތެލުގެ އަގު، 20 އިންސައްތަ ދަށްވި ކަމުގައި ވިޔަސް އެއީ ރައްކާ ކުރެވިފައިވާ ތެލުން، ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުގެ ގެއްލުން ވާނޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މެދު އިރުމަތީގެ މި ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ތެލުގެ ދަތިކަން ކުރިމަތިވެފައި ވާއިރު، ދިވެހި ރާއްޖޭގައިވެސްވަނީ ތެލުގެ އަގު އުފުލިގެން ގޮސްފައެވެ.
މީގެ ކުރިން މާލޭގައި 13.50 ރުފިޔާއަށް މާލޭގައި ވިއްކަމުން ދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު މިޙާރު އުޅެނީ 16.01 ރުފިޔާއަށް އަދި، 13.92 ވިއްކަމުން އައި ޑީސަލް ލީޓަރެއް އަގު މިޙަރ އުޅެނީ 17.54 ރުފިޔާއަށެވެ. ނަމަވެސް އާބާދީ ބޮޑު ރަށްރަށް ވަކިން ކާއްސަކޮށް އައްޑޫސިޓީ ލާމު ފަދަ ހިސާބުތަކުން ޕެޓްރޯލް އަދި ޑީސަލް ލިބެން ހުރީ މާލޭގެ އަގުގެ ދެގުނަ ބޮޑުކޮށެވެ. މާހިރުން ލާފާކުރާ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދާނެއެވެ.

A 1 year fuel reserve is financially unrealistic for Maldives. It requires $550M–$900M in total exposure up to 9% of GDP while locking $400M+ in USD. A 20% price drop could trigger $70M–$150M losses. With limited reserves and high debt, this is not security it’s financial risk.… https://t.co/sgPLcZx4mQ
— Ismail Zariyand (@zariyand) March 22, 2026
މެދު އިރުމަތީގެ މި ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ތެލުގެ ދަތިކަން ކުރިމަތިވެފައި ވާއިރު، ދިވެހި ރާއްޖޭގައިވެސްވަނީ ތެލުގެ އަގު އުފުލިގެން ގޮސްފައެވެ.
މީގެ ކުރިން މާލޭގައި 13.50 ރުފިޔާއަށް މާލޭގައި ވިއްކަމުން ދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު މިޙާރު އުޅެނީ 16.01 ރުފިޔާއަށް އަދި، 13.92 ވިއްކަމުން އައި ޑީސަލް ލީޓަރެއް އަގު މިޙަރ އުޅެނީ 17.54 ރުފިޔާއަށެވެ. ނަމަވެސް އާބާދީ ބޮޑު ރަށްރަށް ވަކިން ކާއްސަކޮށް އައްޑޫސިޓީ ލާމު ފަދަ ހިސާބުތަކުން ޕެޓްރޯލް އަދި ޑީސަލް ލިބެން ހުރީ މާލޭގެ އަގުގެ ދެގުނަ ބޮޑުކޮށެވެ. މާހިރުން ލާފާކުރާ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު