ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރުމަށްޓަކައި ގާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން ވަކި މިންވަރެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްސަ ކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ. މީގެ އިތުރުން، އަންހެނުންނަށް ވެސް މަޖިލީހުގެ ވަކި އިންސައްތައެއް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ފިޔަވަޅަކީ ގައުމުގެ ނިންމުންތައް ނިންމާ އެންމެ މަތީ ފަންތީގައި ޒުވާނުންނާއި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުން ހުއްޓުވައި، މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ވެސް ސަރުކާރުން ގަސްދުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ގެނެވޭ ބަދަލެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު