ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައިވާ މީހުންނަށް އެ އަދަބު ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ ޚާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ ގިނަ އަދަދެއްގެ ބަޔަކު އެބަތިބި ކަމަށެވެ. އަދި މިއީ މީގެ ކުރީގެ ސަރުކާރުތަކުންވެސް ކުރާނެ ކަމަށް ބުނެ، ނަމަވެސް އަމަލީ ގޮތުން ނުކޮށް އޮތް ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތަ އިންސައްތަ އިސްލާމީ ގައުމަކަށްވެފައި، ގާނޫނު އަސާސީގައި ކަންކަން ސާފުކޮށް ބަޔާންކޮށްފައިވާއިރު، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮތް އިޚުތިޔާރީ ކަމެއް ނޫން ކަމަށެވެ.
ވަކިން ހާއްސަކޮށް، މަރާލެވުނު މީހާގެ ވާރިސުން މައާފު ނުކުރާ ހާލަތްތަކުގައި، ހުރިހާ ޝަރުއީ މަރުހަލާއެއް ނިމިފައިވާ މީހުންނަށް ހުކުމް ތަންފީޒު ނުކޮށް ބޭތިއްބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މިކަމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް މި ބިލު މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު