މިދިޔަ އަހަރުގެ ތެރޭގައި މާލޭގައި ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް ދެބެއިންގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާ އުފުލައި، އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވަނީ މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (34އ) އާއި، އޭނާގެ އަންހެން ކޮއްކޮ އާމިނަތު ޢިއްލިއްޔީން އަޙްމަދު (25އ) ގެ މައްޗަށެވެ. މި ދެބެއިންނަކީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ މީހުންނެވެ.
ދައުލަތުން މި ދެބެއިންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން، ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެވެ. މި ދެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ދެބެއިން ހައްޔަރުކުރި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުން ހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެޔެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބިޑިއަކާއި ގިނަ އަދަދެއްގެ ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ. ފުލުހުން އޭރު ހާމަކޮށްފައިވާ ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 1246 ގުރާމު ހުއްޓެވެ.
ރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ގާނޫނު ބުނާގޮތުން، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއްގެ ބަރުދަނުގައި 4 ގްރާމަށްވުރެ އިތުރުވާ މިންވަރަށް މީހެއްގެ އަތުގައި ނުވަތަ ބާރުގެ ދަށުގައި ހުރެއްޖެނަމަ، އެއީ ޓްރެފިކް ކުރުން ކަމަށް ބެލެވޭނެއެވެ. މިފަދަ ތަކެތި ޓްރެފިކް ކުރުމުގެ ކުށަކީ ގާނޫނީ ގޮތުން ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށެކެވެ. އެގޮތުން އެ ކުށް ސާބިތުވެއްޖެނަމަ، އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން، އަމިއްލަ ބޭނުމަށް ކެނެބިސް ގެންގުޅުމަކީ 3 އަހަރުގެ ޖަލު އަދަބެއް އަންނަ ކުށަކަށްވާއިރު، ކެނެބިސްގެ ބަރުދަން 14 ގްރާމަށްވުރެ އިތުރުވެއްޖެނަމަ އެއީ ވެސް ޓްރެފިކް ކުރުމުގެ ކުށުގެ ގޮތުގައި ބެލެވޭނެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުވާ މީހުން އަލުން މުޖުތަމަޢަށް ނެރުމަށްޓަކައި ގާނޫނީ ގޮތުން ފަރުވާގެ ފުރުޞަތުތަކެއް ވެސް ލިބިދެއެވެ. އެގޮތުން ކުށް ސާބިތުވާ މީހާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަން ސާބިތުވާނަމަ، ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރުމުން، ޖަލު އަދަބުން ސަލާމަތްވުމުގެ ފުރުޞަތު އެމީހަކަށް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު