ބޮލީވުޑްގެ ކާމިޔާބު ބަތަލާ ތާބޫ، ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ސައުތު އިންޑިއާގެ ފިލްމީ ދާއިރާއަށް އެނބުރި އަންނަން ތައްޔާރުވެއްޖެއެވެ.
ތާބޫ ދެން އެންމެ އަވަހަށް ފެނިގެންދާނީ މަޝްހޫރު ޑައިރެކްޓަރު ޕޫރީ ޖަގަންނާތުގެ އެކްޝަން ތުރިލާ "ސްލަމްޑޯގް 33 ޓެމްޕަލް ރޯޑް" އިންނެވެ.
މި ފިލްމަކީ މުޅި އިންޑިއާއަށް އަމާޒުކޮށްގެން އުފައްދާ "ޕޭން-އިންޑިއާ" މަޝްރޫއެކެވެ. މި ފިލްމުގައި ތާބޫއާއެކު ދެން އެންމެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ވިޖޭ ސެތުޕަތީ އާއި ސަންޔުކްތާ އެވެ. ފިލްމުގެ ޝޫޓިން ނިމި، މިހާރު ކުރިއަށްދަނީ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ. ރިޕޯޓްތައް ބުނާގޮތުން މި އަހަރުގެ ފަހުކޮޅު މި ފިލްމު ސިނަމާތަކަށް އަންނާނެއެވެ.
ތާބޫ އެންމެ ފަހުން ސައުތު ފިލްމަކުން ފެނިފައިވަނީ 2020 ވަނަ އަހަރު ނުކުތް "އާލާ ވައިކުންތަޕޫރަމްލޫ" އިންނެވެ. އޭގެ ފަހުން ހަ އަހަރު ވީއިރު، އޭނާ އަލުން މި ދާއިރާއަށް އެނބުރި އައުމަކީ ސައުތު ސިނަމާގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ފިލްމުގެ މަސައްކަތުގެ ތެރެއިން ތާބޫއާއެކު މަސައްކަތް ކުރި ބަތަލާ ސަންޔުކްތާ ވަނީ ތާބޫގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ސަންޔުކްތާ ބުނި ގޮތުގައި ތާބޫ އާއި ވިޖޭ ސެތުޕަތީ ފަދަ ތަޖުރިބާކާރު ފަންނާނުން ކެމެރާގެ ކުރިމަތީގައި ދައްކުވައިދޭ ފަސޭހަކަމާއި ހުނަރުވެރިކަމަކީ ބަލާލަން ވަރަށް ހިތްގައިމު މަންޒަރެކެވެ.
ހައިދަރުއާބާދަށް އުފަން ތާބޫއަށް ސައުތު ސިނަމާއަކީ ބީރައްޓެހި ތަނެއް ނޫނެވެ. އޭނާ ފިލްމީ ދާއިރާގައި ފުރަތަމަ ފައިތިލަ ސާބިތުކުރީވެސް ތެލުގޫ ފިލްމު "ކޫލީ ނަމްބަރު 1" އިންނެވެ. ސަންޔުކްތާ އިތުރަށް ކިޔައިދިން ގޮތުގައި، ސެޓުގައި ތާބޫ ވަރަށް ފަރިތަކަމާއެކު ތެލުގޫ ބަހުން ވާހަކަދައްކާ އަޑުއެހުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި ތާބޫގެ ފަރާތުން ފެނުނު އެކުވެރިކަމާއި އޯގާތެރިކަމުގެ ސަބަބުން މަސައްކަތުގެ މާހައުލު ވަރަށް ފުރިހަމަވި ކަމަށްވެސް އޭނާ ބުންޏެވެ.
އަސްލު ނަމުން ނަމަ ތަބައްސުމް ފާތިމާ ހާޝިމީ (ތާބޫ) އަކީ އިންޑިއާގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ. އޭނާ ވަނީ "މާޗިސް"، "ޗާންދަނީ ބާ"، "ހައިދަރު"، "އަންދާދުން" އަދި "ދްރިޝްޔަމް 2" ފަދަ މޮޅު ފިލްމުތަކުން ބެލުންތެރިންގެ ލޯބި ހޯދާފައެވެ.
ތާބޫގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ދެ ފަހަރަށް ނޭޝަނަލް ފިލްމު އެވޯޑް ހޯދުމާއި، އެތައް ފިލްމްފެއާ އެވޯޑެއް ހޯދުން ހިމެނެއެވެ. މީގެ އިތުރުން، އިންޑިއާގެ ފިލްމީ ސިނަމާއަށް އޭނާ ކޮށްދީފައިވާ އަގުހުރި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 2011 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ އޭނާއަށް "ޕަދްމާޝްރީ" ގެ ޝަރަފުވެސް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު