އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ހަންގޭރީއަށް ކުރާ ދަތުރުގައި، އޭނާ ހައްޔަރުކުރުމަށް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް (އެޗް.އާރު.ޑަބްލިއު) އިން ހަންގޭރީގެ ސަރުކާރަށް ގޮވާލައިފިއެވެ.
މި ގޮވާލުމަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ ގުޅިގެން، ނަތަންޔާހޫ އާއި އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް 2024 ވަނަ އަހަރު ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރުނު އަމުރަށް ތަންފީޒު ކުރުމަށް ގޮވާލާ ގޮވާލުމެކެވެ.
އެޗް.އާރު.ޑަބްލިއު ގެ މެމްބަރެއް ކަމަށްވާ އެލިސް އޮޓިން ވިދާޅުވީ، ހަންގޭރީން އައިސީސީން ވަކިވުމަށް ނިންމާފައިވީ ނަމަވެސް، އެ ގައުމަކީ އަދިވެސް އެ ކޯޓުގެ މެމްބަރު ގައުމެއް ކަމަށާއި، އެހެންކަމުން ކޯޓުން ހޯދަން ބޭނުންވާ ފަރާތްތައް ހައްޔަރުކޮށް ހަވާލުކުރުން އެ ގައުމަށް ލާޒިމްވާނެ ކަމަށެވެ.
ހަންގޭރީން ވަނީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ގޮތަށް އައިސީސީގެ މުއާހަދާއިން ވަކިވާން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް މި ނިންމުމާ ގުޅިގެން ބައިނަލްއަގްވާމީ ވަކީލުންނާއި މަދަނީ ޖަމިއްޔާތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 71,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 172,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި ޣައްޒާގެ މަދަނީ ވަސީލަތްތަކުގެ 90 އިންސައްތަ ސުންނާފަތިކޮށްލާފައިވާއިރު، އެ ސަރަހައްދު އަލުން އާރާސްތުކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އދ. އިން ލަފާކުރެއެވެ.
އޮކްޓޯބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އިސްރާއީލުން އަދިވެސް ދަނީ ހަމަލާތައް ދެމުންނެވެ. މިގޮތުން ހަނގުރާމަ ހުއްޓާލި ފަހުންވެސް ފަލަސްތީނުގެ 677 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހިއުމަން ރައިޓްސް ވޮޗުން ވަނީ ލުބުނާނާއި އީރާނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އިންސާފު ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
އަދި ހަންގޭރީން އައިސީސީން ވަކިވުމަށް ނިންމާފައިވާ ނިންމުން އަނބުރާ ގެންދަން ބާރުއެޅުމަށް ޔޫރަޕްގެ އިއްތިހާދާއި އައިސީސީގެ މެމްބަރު ގައުމުތަކަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ. ނަތަންޔާހޫ މިދިޔަ އަހަރުގެ އޭޕްރީލް މަހުވެސް ހަންގޭރީއަށް ދިޔަ ނަމަވެސް، އެ ފަހަރުވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު