ރިޔާސީ އިންތިޚާބަށްފަހު ވަކިން މަޖިލިސް އިންތިޚާބު ބާއްވާނަމަ، ޕީއެންސީގެ މެންބަރުންގެ ފަރާތުން ކެމްޕޭނަށް އެއްބާރުލުން ނުލިބޭނެކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ނޫނެކޭ" ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ސަރުކާރުން މަސައްކަތް ކުރަނީ ވޯޓު ގަންނަން ކުރާ މަސައްކަތުގައި ޕީއެންސީގެ މެންބަރުންގެ އެހީތެރިކަން ފަހުން ނުލިބިދާނެތީ ކަމަށެވެ.
މީގެ އިތުރުން ވައްޑެ ވަނީ މިހާރު މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންނަކީ ސަރުކާރުގެ އަޅުންގެ ގޮތުގައި ސިފަކުރައްވައި، އެ ބޭފުޅުންނަކީ ވަރަށް ބަލިކަށި ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މުޢިއްޒު މަޖިލިސް މެންބަރުންނާ މެދު ކަންކަން ކުރައްވަނީ ބޭނުންފުޅުވާ ގޮތަކަށް ކަމަށާއި، ބިދޭސީ މުވައްޒަފުން ގެންގުޅޭ އުސޫލުން މެންބަރުން ގެންގުޅެވެން އޮތް ނަމަ ރައީސް އެގޮތަށްވެސް ކަންކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ކަންބޮޑުވުންތައް ޚުދު ޕީއެންސީގެ މެންބަރުންވެސް ހިއްސާކުރައްވާ ކަމަށް ވައްޑެ ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާން ޢަބްދުﷲ ވަހީދު ވިދާޅުވީ، މަޖިލިސް މެންބަރުން ތިއްބެވީ ރިޝްވަތުގެ ފައިސާގައި ޖެހިފައި ކަމަށާއި، ދާއިރާގެ ކަންކަމާ ގުޅޭގޮތުން ސުވާލުކޮށްލަންވެސް އެ ބޭފުޅުންނަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ.
އަދި އިންތިޚާބުގެ ކަންކަން ރޭވިފައިވާ ގޮތުން ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށާއި، މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު އޮތްކަން ފާހަގަކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު