ހޮރުމޯޒު ކަނޑުއޮޅި އެއްކޮށް ހުޅުވަން އީރާނަށް ދެން ދޭނީ ބަރާބަރު 48 ގަޑިއިރުކަމަށް ވިދާޅުވެ ޓުރަންޕު އިންޒާރު ދެއްވައިފިއެވެ.
މި އިންޒާރު ދެއްވާފައިވަނީ، ހޮރުމޯޒު ކަނޑުއޮޅިން ދަތުރުކުރާ ބައެއް އުޅަނދުތަކަށް، އަދިވެސް ހުރަސް ކުރުމުގެ ދަތިތަކެއް ކުރިމަތި ވާތީވެ، އެކަން ވަގުތުން ވަގުތަށް ހުއްޓުމަށް ގޮވާލާ، އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ޓުރަމްޕް ވިދާޅުވީ 48 ގަޑިއިރު ތެރޭ އީރާނުން ހޮރުމޯޒު ކަނޑުއޮޅި އެއްކޮށް ހުޅުވާނުލައިފި ނަމަ އެމެރިކާގެ ހަމަލާތައް ސީދާ އަމާޒު ކުރާނީ އީރާނުގެ ހަކަތަ އުފައްދާ ކާރުޚާނާތަކަށް ކަމަށާއި މިކަމަށް އެމެރިކާއިން ފަސް ނުޖެހޭނެކަމަށްވެސް ޓުރަމްޕު ވިދާޅުވިއެވެ.
ހޮރުމޯޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ވަރަށް ގިނަ ސަޕްލައި އުޅަނދުފަހަރު ދަތުރުކުރާ މައިގަނޑު އެއް ރޫޓުކަމަށް ވާތީ، ކުރިންވެސް މި ކަނޑުއޮޅި ހުޅުވާ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓުރަމްޕު ވަނީ ނޭޓޯގެ ގައުމުތަކަށް އެހީއަށް އެދި ގޮވާލާފައެވެ. ނަމަވެސް، އެ ގައުމުތަކުން އޭރު ބީރު ކަންފަތެއް ދިނުމުން، އެމެރިކާއިން އެއްވެސް ބައެއްގެ އެހީ ބޭނުން ނުވާ ކަމަށް ވިދާޅުވެ ޓްރަމްޕު ވަނީ ނުރުހުންވެސް ފާޅުކުރައްވާފައެވެ.
މެދުއިރުމަތީގެ މަޝްރަހު އިތުރަށް ހޫނުވަމުން ދާއިރު ދުނިޔޭގެ ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ގިނަ ދުވަސްތަކަކަށް ހޮރުމޯޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތުމާއި އީރާނުން އަވައްޓެރި ގައުމުތަކުގެ މުހިއްމު ތެޔޮ އުފައްދާ ކާރުޚާނާތަކަށް ދެމުންދާ ހަމަލާތަކާއި އިސްރާއީލުން އިރާނުގެ ތެޔޮ ކާރުޚާނާ ތަކަށާއި ގޭސް ފީލްޑުތަކަށް ދެމުންދާ ހަމަލާތަކާއި ގުޅިގެންނެވެ.

( @realDonaldTrump - Truth Social Post )
— Donald J Trump Posts TruthSocial (@TruthTrumpPost) March 21, 2026
( Donald J. Trump - Mar 21 2026, 7:44 PM ET )
If Iran doesn't FULLY OPEN, WITHOUT THREAT, the Strait of Hormuz, within 48 HOURS from this exact point in time, the United States of America will hit and obliterate their various POWER… pic.twitter.com/4VTtYjplGc
މެދުއިރުމަތީގެ މަޝްރަހު އިތުރަށް ހޫނުވަމުން ދާއިރު ދުނިޔޭގެ ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ގިނަ ދުވަސްތަކަކަށް ހޮރުމޯޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތުމާއި އީރާނުން އަވައްޓެރި ގައުމުތަކުގެ މުހިއްމު ތެޔޮ އުފައްދާ ކާރުޚާނާތަކަށް ދެމުންދާ ހަމަލާތަކާއި އިސްރާއީލުން އިރާނުގެ ތެޔޮ ކާރުޚާނާ ތަކަށާއި ގޭސް ފީލްޑުތަކަށް ދެމުންދާ ހަމަލާތަކާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު