މާލެ އަތޮޅުގެ ރިސޯޓެއްގެ ޕޫލަކަށް ގެނބިގެން ދެ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މާލެ އަތޮަަޅު ރިސޯޓެއްގައި ދެ އަހަރުގެ ފިރިހެން ކުއްޖަކު، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް ރޭ ދަންވަރު 12:54 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ހާދިސާ ހިންގަން މެދުވެރިވީ ރިސޯޓެއްގެ ޕޫލަށް އެ ކުއްޖާ ގެނބިގެން ކަމަށްވެސް ފުލުހުން ބުނެއެެވެ.

މިހާދިސާގައި ނިޔާވެފައިވަނީ ހއ. އުލިގަން/ ވައިކަރަދޫގެ، އުމުރުން 2 އަހަރުގެ އަބްދުالله ޒިޔަން އަހުމަދެވެ.

ފުލުހުން ގެންދަނީ މިމައްސަަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު