މަރްޔަމް ނަހްދާ ވަޙީދު   21 މާރިޗު 2026 - 10:30
މިއަހަރުގެ ރަމަޟާން މަހު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެއްސަކު ރޭގެ ވަގުތެއްގައި މައްކާގައި ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ތަވައްކަލް ޖަމާޢަތުގެ ހަވާލުގައި އުމްރާއަށް ދިޔަ، މ. ވެލިވަނި (ހުޅުމާލެ ލޮޓް 10089 ނިރޮޅުމަގު) އިބްރާހިމް ރަޝީދު އެވެ. އޭނާ ނިޔާވީ މައްކާގެ ނޫރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މިއީ މި ނިމިދިޔަ ރަމަޟާން މަހު އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ނިޔާވި ދެވަނަ ދިވެއްސެވެ. މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުވެސް އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ވަނީ ނިޔާވެފައެވެ. އެ ދުވަހު ނިޔާވީ ގދ. ނަޑެއްލާ، އަލީ އިބްރާހީމް ދީދީ އެވެ.

ރަމަޟާން މަހަކީ ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ މަހެކެވެ.



ކިޔުންތެރިންގެ ހިޔާލު