އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) އަށް އަމާޒުކޮށް އީރާނުން ދެ ބެލިސްޓިކް މިސައިލް އިއްޔެ ފޮނުވާލައިފިއެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗާގޯސް އާކިޕެލަގޯގައި އޮންނަ މި ކުޑަ ރަށަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތައް އެ ރަށަށް އަރާފައެއް ނުވެއެވެ. މި ހަމަލާގައި ބޭނުންކުރި އެއް މިސައިލް ދަތުރުގެ މެދުތެރެއިން ފެއިލްވެފައިވާއިރު، ދެވަނަ މިސައިލް ހުއްޓުވުމަށް އެމެރިކާގެ އަސްކަރީ މަނަވަރަކުން އެސްއެމް-3 އިންޓަރސެޕްޓަރެއް ފޮނުވާލި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ދެވަނަ މިސައިލް ފެއިލްވީ އެމެރިކާގެ އިންޓަރސެޕްޓަރުގެ ސަބަބުން ކަމެއް ނުވަތަ އަމިއްލައަށް ކަމެއް އަދި ސާފެއް ނުވެއެވެ.
އީރާނުން މިފަދަ ހަމަލާއެއް ދޭން މަސައްކަތްކޮށްފައި މިވަނީ، ހިނގަމުންދާ ހަނގުރާމައިގައި ފޯޅަވަހީގައި އޮންނަ އަސްކަރީ މަރުކަޒު ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދީފައި ވަނިކޮށެވެ. އިނގިރޭސިވިލާތުން މި ހުއްދަ ދިނީ މާބޮޑަށް ލަސްވި ފަހުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
1970 ގެ އަހަރުތަކުން ފެށިގެން އެމެރިކާ އާއި އިނގިރޭސިވިލާތުން ޑިއޭގޯ ގާސިއާގައި އަސްކަރީ ހަރަކާތްތައް ހިންގަމުންދަނީ، އެ ރަށުގެ އަސްލު ވަޒަންވެރިން ކަމަށްވާ ޗާގޯސް ރައްޔިތުން އެމީހުންގެ ވަޒަނުން ގަދަކަމުން ބޭރުކުރުމަށްފަހުގައެވެ.
މި ހަމަލާއާ ގުޅިގެން އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި، މިއީ މީގެ ތިން ހަފުތާ ކުރިން ހަނގުރާމަ ފެށުނު ފަހުން އީރާނުން އެންމެ ދުރަށް ދިން މިސައިލް ހަމަލާއެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މީގެ ކުރިން ވިދާޅުވެފައިވަނީ އީރާނުގެ މިސައިލްތަކުގެ ރޭންޖަކީ 2,000 ކިލޯމީޓަރު ކަމަށެވެ. ނަމަވެސް ޑިއޭގޯ ގާސިއާ އޮންނަނީ އީރާނާ ގާތްގަނޑަކަށް 4,000 ކިލޯމީޓަރު ދުރުގައެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސި ރައްޔިތުންގެ ގިނަ ބަޔަކު އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވާން ބޭނުންނުވާ ކަމަށެވެ. އަދި އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ، އަމިއްލަ ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއްނެތި އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަކީ އިނގިރޭސިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުން ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަރަގްޗީ އިތުރަށް ވިދާޅުވީ، އީރާނުން އަބަދުވެސް މަސައްކަތް ކުރާނީ އަމިއްލަ ދިފާއުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު