ދިރިއުޅުމުގެ އަވަސްމިނާއި ވަގުތު ސަލާމަތްކުރުމަށްޓަކައި ގަނޑުކުރި ކާނާއާއި، ތެލުލި ތަކެއްޗާއި، ގިނަ ދުވަހު ބެހެއްޓުމަށްޓަކައި ކެމިކަލް އަޅާފައި ހުންނަ އެކި ބާވަތްތަކުގެ މަހުގެ އުފެއްދުންތަކަށް ބަރޯސާވުމަކީ މިހާރު އާންމު ކަމެކެވެ. ނަމަވެސް، ދާދި ފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، މިފަދަ "އަލްޓްރާ-ޕްރޮސެސްޑް" ކާނާ ގިނައިން ބޭނުންކުރުމަކީ ހިތުގެ ސީރިއަސް ބަލިތަކާއި ސްޓްރޯކު ޖެހުމުގެ ފުރުސަތު ބޮޑުތަނުން އިތުރުކޮށްދޭ ކަމެކެވެ.
މި ދިރާސާއިން ހާމަވި ގޮތުގައި، އަލްޓްރާ-ޕްރޮސެސްޑް ކާނާ ކާ މިންވަރު އިތުރުވާ ވަރަކަށް ހިތް ހުއްޓުމާއި ސްޓްރޯކު ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ ދުވަހަކު އިތުރަށް ކެވޭ މިފަދަ ކާނާގެ އެއް ސާވިންގްގެ ސަބަބުން، ހިތުގެ ބަލިތަކާއި ސްޓްރޯކުގެ ސަބަބުން މަރުވުމުގެ ނުރައްކާ 5 އިންސައްތައަށް ވުރެ އިތުރުވެއެވެ.
ވަކިން ހާއްސަކޮށް، ދުވާލަކު 9 ސާވިންގްއަށް ވުރެ ގިނައިން މިފަދަ ކާނާ ބޭނުންކުރާ މީހުންނަށް، ދުވާލަކު އެންމެ ސާވިންގްއެއް ބޭނުންކުރާ މީހުންނާ އަޅާބަލާއިރު ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 67 އިންސައްތަ އިތުރުވާކަން ވަނީ ފާހަގަކުރެވިފައެވެ. މި ދިރާސާގައި ބޭނުންކޮށްފައިވާ އަލްޓްރާ-ޕްރޮސެސްޑް ކާނާގެ ތެރޭގައި ޗިޕްސް، ކްރެކާސް، ގަނޑުކުރި ކެއުންތައް، ޕްރޮސެސްޑް މީޓް (ސޮސެޖް ފަދަ ތަކެތި)، ފޮނި ބުއިންތައް، ބްރެކްފާސްޓް ސީރިއަލް އަދި އެކި ބާވަތްތަކުގެ ޕެކެޓްކުރި ފާން ހިމެނެއެވެ.
ޔުނިވަރސިޓީ އޮފް ޓެކްސަސް ހެލްތު ސައިންސް ސެންޓަރުގެ ކާޑިއޮލޮޖީ ފެލޯ އަދި މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. އަމީރް ހައިދަރު ވިދާޅުވި ގޮތުގައި، މިފަދަ އުފެއްދުންތަކަކީ ވަގުތުން ކާލަން ފަސޭހަ އެއްޗެއްގެ ގޮތުގައި ފެނުނު ނަމަވެސް، ސިއްހީ ގޮތުން ހުރި ނުރައްކާތަކަށް ބަލައި މި ތަކެތި ބޭނުންކުރާ މިންވަރު މަދުކުރަން ޖެހެއެވެ.
މިއީ އެމެރިކާގެ އެކި ނަސްލުތަކުގެ މީހުން ހިމަނައިގެން ކުރެވުނު މިފަދަ ފުރަތަމަ ބޮޑު ދިރާސާއެވެ. މީގެ ކުރިން ގިނަ ދިރާސާތައް ހަދާފައިވަނީ އިނގިރޭސިވިލާތުގައެވެ. މި ދިރާސާގައި ހިތުގެ ބަލި ނެތް، އުމުރުން 45 އަހަރާއި 84 އަހަރާ ދެމެދުގެ 6،814 މީހުންގެ މައުލޫމާތު ވަނީ ދިރާސާކޮށްފައެވެ.
ޑރ. ހައިދަރު އިތުރަށް ވިދާޅުވީ ހިތުގެ ބަލިތަކުން ސަލާމަތްވުމަށްޓަކައި ކާނާ ގަންނައިރު އޭގެ ލޭބަލްތައް ރަނގަޅަށް ކިޔުމަކީ މުހިންމު ކަމެއް ކަމަށެވެ. ޕެކެޓްކުރި ކާނާގައި ހަކުރާއި، ލޮނާއި، ފެޓް އަދި ކާބޯހައިޑްރޭޓްސް ހުންނަ މިންވަރު، އާދައިގެ ކާނާ އަށްވުރެ މާ މަތިވާނެއެވެ. އެހެންކަމުން، މި މައުލޫމާތަށް ހޭލުންތެރިވެ، ސިއްހަތަށް ފައިދާހުރި ބާވަތްތަކަށް ބަދަލުވުމަކީ ރައްކާތެރި ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު