މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ)
މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ)
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ގެ މަންދު ކޮލެޖުގެ މިލްކިއްޔާތުގައިވާ ފަރުނީޗަރު އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް އިހުމާލުވި ކަމަށް ބުނާ މައްސަލާގައި އެޑިއުކޭޝަނުން ބަދަލުދޭން ނުޖެހޭނެ ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

މަންދު ކޮލެޖުގެ ފަރުނީޗަރުތައް އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލު ކޮށްފައިވަނީ 2010 ވަނަ އަހަރު އަރަބިއްޔާގެ ދަރިވަރުން ވަގުތީގޮތުން މަންދު ކޮލެޖު ހިންގި އިމާރާތަށް ބަދަލު ކުރަންޖެހުމުން އޭރު މަންދު ކޮލެޖުގައި ހުރި ކްލާސްރޫމްތަކުގައި ބޭނުން ކުރަމުން ދިޔަ ފަރުނީޗަރުތައް ރައްކާކުރަން ބަހައްޓާނެ ތަނެއް ނެތުމުން އެ މިނިސްޓްރީ އާއި މަންދު ކޮލެޖާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން މި ފަރުނީޗަރުތައް ގެންގޮސްފައިވަނީ އެމިނިސްޓްރީގެ ގުދަނަކަށެވެ.

ފަރުނީޗަރުތަކަށް އިހުމާލުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާތީ ގެއްލުމުގެ ބަދަލުގައި 2016 ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހާއި ހަމަޔަށް ޖޫރިމަނާގެ ގޮތުގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށާއި، ބަދަލުގެ ގޮތުގައި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އޭރު މަންދު ކޮލެޖް ހިންގަމުން ދިޔަ މާލެ ހައިގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެވެ.

މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ވަގުތީގޮތުން މަންދުކޮލެޖް ހިންގި އިމާރާތަށް ބަދަލުކުރެވުނުއިރު، މަންދުކޮލެޖްގެ މިލްކިއްޔާތުގައި ހިމެނޭ ގިނައަދަދެއްގެ ފަރުނީޗަރު، އަނބުރާ ހަވާލުކުރާގޮތަށް، އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މިނިސްޓްރީއިހުމާލުން އެ ފަރުނީޗަރުތަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ އެތަކެތީގެ އަގުހޯދުމަށް އެދި 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު މަންދުކޮލެޖުން އެ މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.

އަދި އެޑިއުކޭޝަނަށް ފޮނުވާފައިވާ އިންވޮއިސްގައި ހިމެނޭ 519 ޑެސްކާއި، 148 ގޮނޑިއާއި، 07 މޭޒުގެ ބަދަލުގައި އެ އަދަދަށް ފަރުނީޗަރު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ނިންމާފައިވާކަން އެ މިނިސްޓްރީން ސިޓީއަކުން މަންދު ކޮލެޖަށް އަންގާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ހުކުމުގައި ބުނެފައިވަނީ އެ ފަރުނީޗަރުތައް މަންދުކޮލެޖަށް އަނބުރާ ލިބިފައިނުވާކަން ޝަރީއަތަށް ސާބިތުކޮށްދީފައިވާ ކަމަށާއި އެހެންކަމުން މި ފަރުނީޗަރުގެ ބަދަލުގެ ގޮތުގައި ހަތަރު ލައްކަ ފަންސާސް ހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ މާލެ ހައި އަށް އެއްމަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް އެޑިއުކޭޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ. އެކަމަކު ޖޫރިމަނާގެ ގޮތުގައި އެދިފައިވާ ފައިސާ ނަގައިދެވެން ނެތް ކަމަށް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ޖޫރިމަނާގެ ފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައެޅުމުން މާލެ ހައިގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލައިގައި ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، މާލޭހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ އެ ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމުގައި ޖޫރިމަނާގެ ފައިސާ ޝަރީއަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާތިލުކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


13

ގައުމީ ލޯބި

11-Oct-2020

ދެން ވަރަށް ގިނަވާނެ މިކަލޭ ޓްވީޓުތަކާއި ކޮމެންޓް.. ދައުލަތް ފެލާލައިގެން ބޯގަންވިލާ މުޅިންވެސް ދިރިއުޅެނީ މިހާރުވެސް 1.5 މިލިޔަން މަހެއްގެ މައްޗަށް ބޯގަންވިލާގެ މީހުންގެ އާއިލާތަކަށް މުސާރައިގެ ގޮތުގައި އެބަދޫކުރޭ ދައުލަތުން..



ޓްރެންޑިން